މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމު

އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް. 1   

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/5,610 ރ ، ސަރވިސް އެލަވަންސް: -/2,000 ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ބ. އޭދަފުށި / މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެކައުންޓްސްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  3. އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 4 ގެ ސަނދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ބަޖެޓްގެ އައިޓަމްތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް ބެލެހެއްޓުމާއި، މަހަކު އެއްފަހަރު މިނިސްޓްރީ އޮފް ފިނޭންސަށާއި އޯޑިޓް އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ ކަންތައްތައް ކުރުން.
  2. އޮފީހުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާބެހޭ އެންމެހައި ލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
  3. އޮފީހުގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓު ގަވާއިދުން ފޮނުވުމުގެ ކަންތައްތައް ކުރުން.
  4. އޮފީހުގެ ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް ސެކްޝަންތަކުގެ މަޝްވަރާއާއެކު ތައްޔާރުކޮށް، ހަމަޖެހިފައިވާ މުއްދަތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
  5. ބޭރުގެ އެހީ ލިބިގެން ޚަރަދުކުރާ އެކައުންޓުތަކުގެ ޚަރަދު ރިޕޯޓު ހެދުމުގެ މަސައްކަތްތައް ކުރުން.
  6. އައުޓް ސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން.
  7. ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
  8. ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  9. ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  10. އަދި މިނޫނަސް އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018328، 3018330 ،3018329 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އެކައުންޓްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތުން ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވުން.
  2. މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރިވެފައިވުން.
  3. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން.
  4. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 01 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީސް ( ބ. އޭދަފުށި ) އަށް.
  • އިންޓަވިއު އަދި އިމްތިޙާނު ކުރުން 02 އޮކްޓޫބަރު 2014 އާއި 30 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        19  ޛުލްޤަޢިދާ  1435  

14 ސެޕްޓެންބަރު 2014
ހޯދާ