ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 6,295.00 ރ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރ

އޮފީސް:

އިދާރީ މަރުކަޒު

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1,659.00 ރ

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 2

 

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށްް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 4) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 5,020.00 ރ

ސަރވިސް އެލަވަންސް:

މަހަކު 1,500.00ރ

އޮފީސް:

އިދާރީ މަރުކަޒު

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1,304.00ރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ.އެސް 4

 

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 4) ގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 4,465.00 ރ

ސަރވިސް އެލަވަންސް:

މަހަކު 1,500.00 ރ

އޮފީސް:

އިދާރީ މަރުކަޒު

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1,193.00 ރ

ކްލެސިފޭކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

 

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެކަލްޓީ / ސެންޓަރ، ކެމްޕަސް އަދި އިދާރީ މަރުކަޒުގެ ސެކްޝަންތަކުން ފޮނުވާ ތަކެއްޗަށް އެދޭ ފޯމުތައް ލިބުމުން އެންޓްރީން ނެގުން.
  2. ރިކުއެސްޓް ލިސްޓުތައް އަޕްޑޭޓުކުރުން. މިގޮތުން ފޮތާއި ކޮމްޕިޔުޓަރތަކުގައިވާ ލިސްޓު އަޕްޑޭޓް ކުރުން.
  3. ތަކެތި ލިބެންހުރި ތަންތަން ބަލައި، އަގު ހޯދުމަށް ހަމަޖެހިފައިވާ އުސޫލުން އަގު ހޯދުމާއި އަގުޖެހުމުން ވެރިއަކަށް އެންގުން.
  4. ޕާރޗޭސް އޯޑަރތައް ތައްޔާރުކޮށް ފުރިހަމަ ކުރުމަށްފަހު އެ އެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންދިޔުން.
  5. ދުވަހުން ދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ޚިދުމަތް ވަގުތުން ހޯދުމާއި ވަގުތުން ނުލިބޭ މުދަލާއި ޚިދުމަތް ލިބޭނެ މުއްދަތެއް ކަނޑައަޅައި މަސައްކަތް ކުރުން.
  6. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ، އޯޑިޓް އޮފީސް އަދި ކޮލެޖުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
  7. ނުހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މަޢުލޫމާތު ލަސްވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި، އެ ހަމަޖައްސާ އުސޫލާ އެއްގޮތަށް އަމަލުކުރުން.
  8. އެކި ފެކަލްޓީ / ސެންޓަރ، ކެމްޕަސް އަދި ކޮލެޖުގެ ސެކްޝަންތަކަށް ހޯދޭ ތަކެތި ލަސްވެގެން 02 ދުވަހުގެ ތެރޭގައި ގަވާއިދުން ހަވާލުކުރަމުން ގެންދިޔުން.
  9. ގަނެގެން ގެނެވޭ ތަކެތި ފެންވަރު ބެލުމާއި، ކޮލިޓީ ތަކެތި ގަތުމަށް ބާރުއަޅައި މަސައްކަތްކުރުން .
  10. ބޭނުންވާ މުދަލެއް ނުވަތަ ބަދަލު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަގުތުން ކުރުން.
  11. ތަކެތި ވިއްކާ ފަރާތުގެ މަޢުލޫމާތު، ކޮންޓެކްޓް މަޢުލޫމާތު އަޕްޑޭޓުކޮށް ބެލެހެއްޓުން.
  12. ބޯޓަށް އަރުވަންޖެހޭ މުދާ، ބޯޓުން ބާލަންޖެހޭ މުދާ ބޭލުމާއި އޭގެ ނާލުގެ މައްސަލަ މަޝްވަރާކުރެވި ގޮތްތަކެއް ނިންމުން.
  13. ރާއްޖެއިން ބޭރުން ގެނެވޭ މުދާ ކްލިއަރ ކުރުމާއި އެ މުދަލެއް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުން.
  14. ނުގަނެވޭ ތަކެތީގެ ލިސްޓު އަޕްޑޭޓުކޮށް ބެލެހެއްޓުން.

މީގެ އިތުރުން ސެކްޝަނުގެ ތެރޭގައި ކުރަންޖެހޭ ކަމަށް ބެލެވޭ އިމަޖެންސީ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ކުރުމުގައި އެހީތެރިކަން ދިނުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

29 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
22 ސެޕްޓެންބަރު 2014
ހޯދާ