ކ.ހިންމަފުށީ ސިއްޙީ މަރުކަޒް
ދިވެހިރާއްޖެ
އެޓެންޑެންޓް

މަޤާމު:

އެޓެންޑެންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2   

ރޭންކް:

އެސް.އެސް 2

މަޤާމުގެ ބާވަތް

ދާއިމީ

މަޤާމުގެ ނަންބަރު:

   

އޮފީސް

ހިންމަފުށީ ޞިއްޙީމަރުކަޒު

ސެކްޝަން:

އެޑްމިން

ރަށް

ކ.ހިންމަފުށި

އަސާސީ މުސާރަ

މަހަކު -/3470 ރުފިޔާ

ސާރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޝަރުޠު

- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޞިއްޙީމަރުކަޒުގެ ޢިމާރާތުގެ އެތެރޭގެ އެންމެހާ ތަންތަނާއި ޢިމާރާތުގެ އެތެރެއިން ވަދެވެން ހުންނަ ހުރިހާ ފާޚާނާތަކެއް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

- ޞިއްޙީމަރުކަޒުގެ ވޯޑްތަކާއި ބޭސް އަޅާ ކޮޓަރިއާއި ބަލިމީހުން ބަލާ ކޮޓަރިއާއި ވިއްސާކޮޓަރީގައި ހުންނަ އަލަމާރިއާއި ކަބަޑު އަދި ސޯކޭސް ފަދަ ތަކެތި ފޮޅައި ބެލެހެއްޓުން.

- ފަރުވާދިނުމުގެ އެކިއެކި ކަންކަމުގައި ބޭނުންކުރުމަށްފަހު ނައްތާލަން ހުންނަ ތަކެތި ނަރުހުންގެ ލަފަޔާއި އިރުޝާދާއެކު ރަނގަޅުގޮތުގައި ނައްތާލުން.

- ނަރުހުންގެ ލަފަޔާއި އިރުޝާދާއެކު ޞިއްޙީމަރުކަޒުގެ އެނދުތައް ކާބޮލައިޒް ކުރުން.

- ބޭނުންކުރުމަށްފަހު ދޮވެ ސާފުކުރަންޖެހޭ އިންސްޓްރޫމެންޓު ފަދަ ތަކެތި ނަރުހުންގެ ލަފަޔާއި އިރުޝާދާއެކު ދޮވެ ސާފުކުރުން.

- ފަރުވާދިނުމަށްފަހު ދޫކޮށްލެވޭ ބަލިމީހުންގެ އެދުގައި ހުންނަ ބެޑްޝީޓް، ބާލީހުއުރަ ނެގުން.

- އިމަރޖެންސީކޮށް ދޭންޖެހޭ ޞިއްޙީ ޚިދުމަތަކީ ކޮންމެ ގަޑިއަކުވެސް ކޮންމެ ދުވަހަކުވެސް ދޭންޖެހިދާނެ ޚިދުމަތަކަށް ވުމާއެކު މިފަދަ ޚިދުމަތަކަށް ބޭނުންވެގެން އެދިއްޖެ ހިނދެއްގައި ނުރަސްމީ ގަޑީގައާއި ބަންދު ދުވަސް ދުވަހުވެސް ޚިދުމަތަށް ނިކުތުން.

- ޞިއްޙީމަރުކަޒުން ހިންގާ އެކިއެކި ހެލްތު ޕްރޮމޯޝަން ހަރަކާތްތަކާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އެހީތެރިވުން. 

- މީގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމާއި / އެޑްމިން ބައިން އަންގަވާ ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ 30 ސެޕްޓެންބަރު 2014 އާއި 2 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ. (އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް ދުވަހާއި ގަޑި ފަހުން އެންގޭނެއެވެ.)

އަދި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު

2- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުން)

3- ތަޢުލީމީ ފެންވަރު އެނގޭނޭ ރަސްމީ ލިޔުމެއް. (ސްކޫލް ލީވިންގ ސެޓުފިކެޓު ނުވަތަ ލިޔަންކިޔަން އެނގޭކަމުގެ ލިއުމެއް، ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

4- ސަރުކާރުގެ ނުވަތަ ސިވިލް ސާރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމާމެދު މިހާރު ވަޒީފާ އަދާކުރާތަނުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

5- ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނޭ ލިއުމެއް.

6- ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެ މުވައްޒަފެއްގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ވެސް މި ފޯމު ހުށަނާޅާނަމަ ފޯމުގައިހުރި ބައިތަކަށް ބަލައި ދޭންޖެހޭ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ ( ގުޅޭނެ ނަންބަރާއެކު )

8- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

ތަކެތި ހުށަހަޅަންޖެހޭ ގޮތާއި އޮފީސް

މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރުއްވައި ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތަކާއެކު ހިންމަފުށީ ޞިއްޙީމަރުކަޒަށް ހުށަހެޅުން އެދެމެވެ. ފުރިހަމަނުކުރާ ފޯމާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ހިންމަފުށީ ޞީއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. އަދި މި އިޢުލާނާ ގުޅިގެން އިތުރު މަޢުލާމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި ޞިއްޙީމަރުކަޒުގެ ނަންބަރު 6640413 ފޯނާ ގުޅުއްވުން އެދެމެވެ.

މަޤާމު

އެޓެންޑެންޓް

ބޭނުންވާ އަދަދު

1 (އެކެއް)

ތަފުސީލު

 

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ