މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެންޓިވައިރަސް ސަބްސްކްރިޕްޝަން ލައިސަންސް އާކޮށްދޭނެ ފަރާތެއް ހޯދަން

މި ކުންފުނީގެ އެންޓިވައިރަސް ސަބްސްކްރިޕްޝަން ("ކެސްޕަރސްކީ އެންޑްޕޮއިންޓް ސެކިއުރިޓީ ފޮރ ބިޒްނަސް - އެޑްވާންސްޑް" ގެ 280 ލައިސަންސް) 1 (އެއް) އަހަރު ދުވަހަށް އާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:PRC/I-2014/96-ފ113 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބާއެކު މިކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

27 ޛުލްޤަޢިދާ 1435

22 ސެޕްޓެންބަރު 2014
ހޯދާ