މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ:  4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:   އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މިނިސްޓަރ ބިއުރޯ

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި އުޅެ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

-  މިނިސްޓަރ ބިއުރޯގެ އެޕޮއިންޓްމަންޓްތައް ހަމަޖައްސައި ބެލެހެއްޓުން.

-  މިނިސްޓަރ ބިއުރޯގެ އެޕޮއިންޓްމަންޓްތައް ޔައުމިއްޔާކޮށް ޙިއްޞާކުރަންޖެހޭ ފަރާތްތަކާއި ގަވާއިދުން ޙިއްޞާކުރުން.

-  މިނިސްޓަރ ބިއުރޯއިން މިނިސްޓްރީގައި ބާއްވަވާ އެކިއެކި ބައްދަލުވުންތަކަށް ކޮފީ/ ސައި އިންތިޒާމުކުރުން.

-  މިނިސްޓަރ ބިއުރޯގެ ހާޒިރީ ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ބަލަހައްޓައި ޙިއްޞާ ކުރުން.

-  މިނިސްޓަރ ބިއުރޯއިން އަތޮޅުތެރެއަށާއި ރާއްޖޭން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.

-  މިނިސްޓަރ ބިއުރޯއިން ފޮނުވާ ސިޓީ/ މެމޯ/ ނޯޓު/ ދަޢުވަތު ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި ފަސޭހައިން ފެންނާނެހެން ފައިލް ކުރުން.

-  މިނިސްޓަރ ބިއުރޯއަށް ލިބޭ ސިޓީ/ މެމޯ/ ނޯޓުފަދަ ލިޔުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.

-  މިނިސްޓަރ ބިއުރޯގެ ޔައުމިއްޔާ ކޮންމެ ދުވަހަކު ގަވާއިދުން ތައްޔާރުކޮށް އެޑްމިންއަށް ފޮނުވުން.

-  މިނިސްޓަރ ބިއުރޯގެ ކޮންމެ ދުވަހެއްގެ އެންޓްރީ، އެންޓްރީކޮށް އިރުޝާދުގެމަތިން ކުރިއަށް ގެންދިއުން.

-  މިނިސްޓްރީގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ކަމާބެހޭ ޑިޕާޓްމަންޓްތަކާ ޙިއްޞާކުރުން.

-  މިނިސްޓަރ / ސްޓޭޓް މިނިސްޓަރ / ޑެޕިއުޓީ މިނިސްޓަރުން ބޭނުންފުޅުވާ ފޮތް، ފަންސުރު އަދި ގަލަންފަދަ ތަކެއްޗާއި އަދި މިނޫންވެސް އޮފީހުގައި ބޭނުންވާ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހޯދުން.

-  މިނިސްޓަރ/ ސްޓޭޓް މިނިސްޓަރ ބައިވެރިވެވަޑައިގަަންނަވާ އެކިއެކި ޙަފްލާތަކާއި، ޖަލްސާތައް ރާވައި އިންތިޒާމު ކުރުމުގައި އެހީތެރިވެދިނުން.

-  މިނިސްޓަރ/ ސްޓޭޓް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ އެކިއެކި ޙަފްލާތަކަށް ބޭނުންވެއްޖެ ހިިނދެއްގައި، ސްޕީޗް ތައްޔާރުކުރުން.

-  މިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، އެކަމުގައި އެހީތެރިވެދިނުން.

-  މިނިސްޓްރީގެ އެކިއެކި ސިވިލް ސަރވިސް މުވައްޒަފުންނާއި މިނިސްޓަރ/ ސްޓޭޓް މިނިސްޓަރ/ ޑެޕިއުޓީ މިނިސްޓަރުން ޙަވާލުކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމުގައި އެހީތެރިވެދިނުން.

-  މިނިސްޓަރީން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ގާތުން ބަލައި، ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް ބާރުއެޅުން.

ނޯޓް:

- އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުތަކުގެ އިންޓަވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް  
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

19  ޛުލްޤަޢިދާ  1435

14 ސެޕްޓެންބަރު 2014
ހޯދާ