މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓުތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު :  އެސިސްޓެންޓް ޕެސެންޖަރ ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 13

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޕެސެންޖަރ ސަރވިސަސް

ޝަރުޠު :

  • އޭލެވެލް ނުވަތަ އޯލެވެލް 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން.
  • އެސް.އެސް.ސީ ދިވެހިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން
  • ބޭސިކް ކޮމްޕިއުޓަރ ސްކިލްސް / މައިކްރޯސޮފްޓް ވޯރޑް އަދި އެކްސެލް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

އުމުރު : އުމުރުންް 18-25 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9,000 އާއި -/11,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޮމްޕިއުޓަރައިޒް ކުރެވިފައިވާ ސިސްޓަމް މެދުވެރިކޮށް ޕަސެންޖަރުން ޗެކް-އިން ކުރުމާއި، ސީޓް ނަންބަރު ދިނުން، ބޯޑިންގ ޕާސް ދިނުން، ލަގެޖް ލޭބަލް ކުރުން އަދި މަތިންދާ ބޯޓަށް އަރާ ފައިބާ ޕެސެންޖަރުން އެސްކޯޓް ކުރުން.

- ޝިފްޓް ބަދަލުވާއިރު ސޭލްސް، ޑިލޭ ނުވަތަ ކެންސަލް ފްލައިޓްތަކުގެ ތަފްސީލުތައް އަދި ގެއްލުން ލިބިފައިވާ ނުވަތަ ގެއްލިފައިވާ ލަގެޖާ ބެހޭ އެންމެހައި މަޢުލޫމާތު ފެށޭ ޝިފްޓުގެ މުވައްޒަފުންނަށް އެރުވުން.

- ކަސްޓަމަރުންނާ އިސްތިޤްބާލުކޮށް، ސުވާލުތަކަށް ހިނިތުންވުމާއެކު ޖަވާބުދާރީވެ ކަސްޓަމަރުންގެ އެންމެހާ ކަންކަމުގައި އެހީތެރިވުން.

- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް، ކުންފުނީގެ ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު އެންޓަރކުރުން.

މަޤާމު : ލޯންޗް ކްރޫ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އިންޓަރނަލް ޓްރާންސްޕޯޓް

ޝަރުޠު :

  • ގްރޭޑް 7 ފުރިހަމަ ކޮށްފައިވުން.
  • ގުޅުންހުރި ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ފަތަން އެނގުން.

އުމުރު : އުމުރުންް 20 އާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ލޯންޗުގެ ކެޕްޓަން އަށް ދަތުރުތަކުގައި އެހީތެރިވުން.

- ލޯންޗު ސާފުކުރުން.

- އާ ކްރޫ މެމްބަރުންނަށް މަސައްކަތް އުގަންނައިދިނުމަށް އެހީތެރިވުން.

މަޤާމު : އެސިސްޓެންޓް ޓަރމިނަލް ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު :

  • އޯލެވެލް 2 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުން
  • ކަސްޓަމަރ ސަރވިސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އުމުރު : އުމުރުންް 18 އާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9،000 އާއި -/11,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލްގެ އިންފޯމޭޝަން ޑެސްކުގައި މަސައްކަތްކުރުން.

- ޕަސެންޖަރުންނަށް ފޯރުކޮށްދޭންޖެހޭ ޕަބްލިކް އެނައުންސްމަންޓުތައް ކުރުން.

- ފްލައިޓް އިންފޯމޭޝަން ޑިސްޕްލޭ އަޕްޑޭޓްކުރުން.

- ޙާއްޞަ އެހީއަށް ބޭނުންވާ ޕެސެންޖަރުންނަށް (ފުރޮޅުލީ ގޮނޑި އަދި ފުރޮޅުލީ އެނދުގެ ޚިދުމަތްތަކަށް ބޭނުންވާ ފަރާތްތަކާއި، ދުވަސްވީ ފަތުރުވެރިން އަދި ޅަދަރިމައިން ފަދަ ޕެސެެންޖަރުންނަށް) ޚިދުމަތް ދިނުން.

- ޗެކް-އިން ކައުންޓަރުތަކާއި، އިމިގްރޭޝަން ކައުންޓަރުތަކުގައި ސްޓާފުން ތިބޭތޯ ބަލައި ސުޕަވައިޒްކުރުން.

 

މަޤާމު :  ކޮމަރޝަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 03

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ކޮމަރޝަލް އެންޑް މާކެޓިންގ ( އެއަރލައިން މާކެޓިންގް އެންޑް ރޫޓް ޑެވެލޮޕްމަންޓް)  

ޝަރުޠު :

1. މާކެޓިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ / ޑިގްރީއާ އެއްފެންވަރެއްގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު މާކެޓިންގ ދާއިރާގައި މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ބިޒްނަސް މެނޭޖްމަންޓުން ބެޗަލަރސް ޑިގްރީ/ ޑިގްރީއާ އެއްފެންވަރެއްގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު ބިޒްނަސް މެނޭޖްމަންޓް ދާއިރާގައި މަދުވެގެން 1 އަހަރާއި 6 މަސްދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އެޑްވާންސް ލެވެލް ސެޓުފިކެޓު (އޭލެވެލް) ނުވަތަ އެއް ފެންވަރެއްގެ ސެޓުފިކެޓު ލިބިފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

4. ކޮމްޕިއުޓަރ އެމް.އެސް އޮފީސް ބޭނުންކުރަން އެގުން.

މުސާރަ: މަހަކު -/10,000 އާއި -/ 12,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެއަރލައިން މާކެޓިންގ އަދި ރޫޓް ޑެވެލޮޕްމަންޓުގެ ލަނޑުދަނޑިތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އެންމެހާ މަޢުލޫމާތު މެނޭޖަރަށް ފޯރުކޮށްދިނުން.

- ޕްރޮޑަކްޓުތަކާއި ދެވޭ ޚިދުމަތްތަކުގެ މާކެޓް ރިކުއަރމަންޓް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުން.

- ޕްރޮޑަކްޓުތަކާއި ދެވޭ ޚިދުމަތްތަކާބެހޭ މާކެޓިންގެ ޕްލޭންތަކާއި ޕްރޮޖެކްޓުތައް ތަންފީސްކުރުން.

- ކަސްޓަމަރ ރީސަރޗް، މާކެޓް ކޮންޑިޝަން އަދި ވާދަވެރި ފަރާތްތަކާބެހޭ އެނެލަސިސް ހެދުން.

- ކޮމާރޝަލް އެންޑް މާކެޓިންގ ގެ ދަށުން ހިންގުނު ޙަރަކާތްތަކާއި، ލިބުނު ނަތީޖާއާއި ގުޅޭގޮތުން ރިޕޯޓު ތައްޔާރުކުރުން.

- އިޝްތިހާރާއި މީޑިއާއަށް ނެރެވޭ ނޫސް ބަޔާން ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުން.

 

މަޤާމު:  ކޮމަރޝަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކޮމަރޝަލް އެންޑް މާކެޓިންގ ( ބޮންޑެޑް ވެއަރހައުސް / އެޑްވަޓައިޒިންގ އެންޑް އެންޓަޓެއިންމަންޓް ސަރވިސަސް / ލައުންޖް އެންޑް އެފް އެންޑް ބީ)  

ޝަރުޠު :

1. ބިޒްނަސް، ކޮމަރސް، މެނޭޖްމަންޓް، މާކެޓިންގ ނުވަތަ ހޮސްޕިޓާލިޓީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ / ޑިގްރީއާއި އެއްފެންވަރެއްގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ބިޒްނަސް، ކޮމަރސް، މެނޭޖްމަންޓް، މާކެޓިންގ ނުވަތަ ހޮސްޕިޓާލިޓީގެ ދާއިރާއިން ޑިޕްލޮމާ / ޑިޕްލޮމާއާ އެއް ފެންވަރެއްގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު ގުޅުންހުރި ދާއިރާއަކުނ މަދުވެގެން 01 އަހަރާއި 06 މަސްދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. އެޑްވާންސް ލެވެލް ސެޓުފިކެޓު (އޭލެވެލް) ނުވަތަ އެއްފެންވަރެއްގެ ސެޓުފިކެޓު ލިބިފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

4. ކޮމްޕިއުޓަރ އެމް.އެސް އޮފީސް ބޭނުންކުރަން އެގުން.

މުސާރަ: މަހަކު -/10,000 އާއި -/12,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތަކަކީ، އެސޯސިއޭޓް މެނޭޖަރގެ އިރުޝާދާ އެއްގޮތައް ކުރަންޖެހޭ މަސައްކަތްތަކެކެވެ.

- ކުންފުނީގެ ފަރާތުން އެހެން ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ޙަވާލުކުރެވޭ ކަންތައްތަކާއި ބެހޭ ތަފްސީލު ލިޔެކިޔުންތައް ތައްޔާރުކުރުން.

- ކޮންޓްރެކްޓް އުސޫލުން ދޫކުރެވިފައިވާ އެއަރޕޯޓުގެ އެކި ތަންތަނަކީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރެވެމުން ދާ ތަންތަންތޯ ބަލައި، އެއްބަސްވުމާއި ޚިލާފަށް ކަމެއް ހިނގާކަން ފާހަގަކުރެވިއްޖެނަމަ އެކަމެއް ރިޕޯޓުކޮށް، އެކަށީގެންވާ ފިޔަވަޅު އެޅުން.

- ކަންކަން ވަކިގޮތަކަށް ނިންމުމަށާއި، އާޚިޔާލު ހޯދުމަށްޓަކައި ބިޒްނަސް ދާއިރާއިން ކުންފުންޏަށް ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރުން.

- ކޮމަރޝަލްގެ ހަރަކާތްތަކަށް ބޭނުންވާ މާކެޓިންގެ މެޓީރިއަލް ޑިޒައިންކުރުން.

- މާކެޓްގެ މާޙައުލު ސްކޭން ކުރުމަށްފަހު، އެފް. އެންޑް. ބީ އާއި ލައުންޖުގެ ޚިދުމަތަށާއި، އެއަރޕޯޓުގައި އިޝްތިހާރު ކުރުމަށް އެންމެ އެކަށީގެންވާ އަގަކީ ކޮބައިކަން ދެނެގަތުން.

- މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު ފަދަ އިދާރާތަކުން ހޯދަންޖެހޭ ރެޖިސްޓްރޭޝަނާއި ލައިސަންސްތައް ހޯދުން.

- ލައިސަންސް، ރޯޔަލްޓީ އަދި އެހެނިހެން އަހަރީ ގޮތުން ދައްކަންޖެހޭ ބިލްތަކުގެ ފައިސާ ދެއްކުމަށްޓަކައި ފައިނޭންސް ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތްކުރުން.

- ސޭލްސް ރެވެނިއު ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ސޭލްސް ސްޓްރެޓެޖީތައް އުފެއްދުމަށްޓަކައި އިސްކޮށް ހުންނެވި ފަރާތަށް އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް ސަޕޯޓް ދިނުން.

- ބަޖެޓެއް އުފައްދައި، އެ ބަޖެޓަށް ފެތޭގޮތަށް ޚަރަދުތައް ބެލެހެއްޓުމަށް އިސްކޮށް ހުންނެވި ފަރާތައް އެހީތެރިވުން.

- ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކް ސުޕަވައިޒަރާ ހަމައަށް ގެންގޮސްދީ، މައްސަލައެއް ވާނަމަ އެކަމެއް ޙައްލުކުރުމަށް ސުޕަވައިޒަރުގެ އިރުޝާދުގެ މަތިންް މަސައްކަތް ކުރުން.

- ކޮމާޝަލް ޑިޕާޓްމަންޓުގެ މީޓިންތައް ރާވައި، އޯގަނައިޒްކުރުން.

- ރޭވިފައިވާ ޝެޑިއުލެއްގެ ދަށުން، އެންމެހާ ބަދިގެ / ކައްކާތަންތަން، އަދި ކުންފުންޏަށް ނިސްބަތްވާ އެހެނިހެން ތަންތަނަކީ އައިކާއޯ ގެ ސަލާމަތީ މިންގަނޑުތަކަށް ފެތޭ ތަންތައްތޯ ބަލައި ފާސްކޮށް، ސާފުތާހިރުކަމާއި ޞިއްޙީ ޚިދުމަތްތައް އަދި ސޭފްޓީ ޕްރޮސީޖަރތައް ފާސްކުރުމަށްޓަކައި ކުންފުނީގެ ކަމާ ބެހޭ ސެކްޝަންތަކާއި، ސަރުކާރުގެ އިދާރާތަކާއި މުޢާމަލާތްކުރުމާއި ރިޕޯޓުކުރުން.

- ކުރު މުއްދަތަށާއި ދިގު މުއްދަތަށް ކޮމަރޝަލް ޕްލޭންތައް އުފައްދާ، ބެލެހެއްޓުމަށް ސުޕަވައިޒަރަށް އެހީތެރިވުން.

 

މަޤާމު :  އެސިސްޓެންޓް އޮފިސަރ, ފެސިލިޓޭޝަން އެންޑް ސްޓޭންޑަރޑްސް

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު :

  • އޯލެވެލް އިންގްލިޝް ހިމެނޭހެން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  • އެސް.އެސް.ސީ ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  • ބޭސިކް ކޮމްޕިއުޓިންގ (އެމް.އެސް. އޮފީސް ޕެކޭޖް) ބޭނުންކުރަން އެންގުން

އުމުރު : އުމުރުންް 18 އާއި 25 އާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9,000 އާއި -/11,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އޭޖެންސީ ތަކުން ފޮނުވާ ސަރވޭ ޝަޑިއުލާ އެއްގޮތަށް ސަރވޭތައް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތުގެ ޝެޑިއުލް ތައްޔާރު ކުރުން.

- ސަރވިސް ލެވެލް ތަރައްޤީ ކުރުމަށްޓަކައި އެކި އެކި ސެކްޝަންތަކާއި، އޭޖެންސީ ތަކާއެކު ބޭއްވޭ ބައްދަލުވުންތައް ރޭވުމުގައި އެހީތެރިވުން.

- އިންޓަވިއު ކުރާ ފަރާތެއްގެ ހައިސިއްޔަތުން ސަރވޭއަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަވާނޭ ގޮތަށް ފީލްޑްވޯރކް ސަރވޭތައް ފުރިހަމަކުރުން.

- ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް މަހުންމަހަށް އަދި އަހަރަކު 4 ފަހަރު ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރުކޮށް، އޭ.އެސް.ކިއު ކޯޑީނޭޓަރާ ހަވާލުކުރުން.

- ކަނޑައެޅޭ ސްޓާފުންނަށް ބްރީފިންގ ދިނުމާއި ޓްރޭނިންގ ދިނުން.

- ބަލަހައްޓަންޖެހޭ އެންމެހާ ޑޭޓާ ޗެކުކޮށް، ސިސްޓަމް ނުވަތަ ސޮފްޓްވެއަރގެ ޒަރީއާއިން ރިކޯޑުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުން، އަދި ހަފްތާއަކު އެއްފަހަރު މި ޑޭޓާބޭސް އަޕްޑޭޓް ކުރުން.

މަޤާމު : ހައުސްކީޕަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ ) / ޓަރމިނަލް ސަރވިސަސް

ޝަރުޠު :

  • ގްރޭޑު 9 ގެ ފެންވަރު ހުރުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު : އުމުރުންް 25 އާއި 40 އާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސުޕަވައިޒަރުންގެ އިރުޝާދާ އެއްގޮތަށް ފަތުރުވެރިންނަށް ސާފުތާހިރު، ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން.

- މަސައްކަތް ކުރުމުގައި އެންމެހާ ސަލާމަތީ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

- ސުޕަވައިޒަރުންގެ އިރުޝާދާ އެއްގޮތަށް މެޝިން އަދި ޓޫލްސް ބޭނުންކުރުމާއި، އެ ތަކެއްޗައް ރައްކާތެރިވުން.

- ޓަރމިނަލްގައި ބެހެއްޓިފައިވާ އެންމެހައި ފަރުނީޗަރު ސާފުކޮށް ބެލެހެއްޓުން.

- ސްޓާފުން ޑިއުޓީއަށް މަދުވާ ޙާލަތްތަކުގައި ސުޕަވައިޒަރަކު އަންގައިފިނަމަ އިތުރުގަޑީގައި ޑިއުޓީ އަދާކުރުން.

- އިމާރާތުގެ ނުވަތަ ފާޚާނާތަކުގެ އެއްވެސް މެއިންޓަނަންސް މައްސަލައެއް ފާހަގަ ކުރެވިއްޖެ ހިނދެއްގައި ސުޕަރވައިޒަރަށް ރިޕޯޓުކުރުން.

- އެމަރޖެންސީ ހާދިސާ/ ކާރިސާ، މޫސުން ގޯސްވުން ފަދަ ކަންތައްތައް މެދުވެރިވެގެން އުޅޭ ހިނދެއްގައި ދެވޭ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.

މަޤާމު : އެސިސްޓަންޓް އެއަރޕޯޓް ސެކިއުރިޓީ އޮފިސަރ – އެއިރޮޑްރޯމް، ސޭފްޓީ އެންޑް ކުއަލިޓީ ޑިވިޝަން

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އެއިރޮޑްރޯމް، ސޭފްޓީ އެންޑް ކޮލިޓީ ޑިވިޝަން

 

ޝަރުޠު :

  • އޭލެވެލް ހިސާބު، އިނގިރޭސި އަދި ދިވެހިން "ސީ" އަށް ވުރެން މަތިން ފާސްވެފައި ވުމާއެކު އެއްއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ (އެއްފެންވަރުގެ) ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އުމުރު : އުމުރުންް 18 އާއި 25 އާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެއަރޕޯޓް ސެކިއުރިޓީގެ ހަރަކާތްތައް މޮނިޓަރ ކުރުމާއި ސްޓެންޑަޑްސް ތަކަށާއި ގަވާއިދުތަކަށް ރިޔާޢަތްކޮށް ނަން-ކޮމްޕްލައިންސް ގެ ރިކޯޑު ބެލެހެއްޓުން.

- ނަން-ކޮމްޕްލައިންސް ގެ ރިޕޯޓުތައް ތައްޔާރުކުރުމާއި ސްޕަވައިޒަރުންގެ ސަމާލުކަމަށް އެކަންކަން ގެނައުން.

- ސިވިލް އޭވިއޭޝަނުގެ ގަވާއިދުތަކަށާއި ޕްރޮސީޖަރތައް އަދި މިންގަނޑުތަކާ އެއްގޮތަށް ކޮމްޕްލައިންސް މޮނިޓަރ ކުރުމާއި ރެގިއުލަރ އޯޑިޓް ކުރުމަށް އެހީވެދިނުން.

- އެއަރޕޯޓް ސެކިއުރިޓީ ހަރަކާތްތައް ބަރާބަރަށް ޑޮކިއުމަންޓް ކުރުމާއި ރައްކާކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ

 

ކުރިމަތިލުމުގެ ސުންގަޑި : 24 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 1400 ގަޑި ގެ ކުރިން.

 

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :  

 ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގ

ހުޅުލެ ، ދިވެހިރާއްޖެ. 

 

އިތުރު މަޢުލޫމާތު : ފޯނު –3325511    

އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

19 ޛުލްޤަޢިދާ 1435

14 ސެޕްޓެންބަރު 2014
ހޯދާ