ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖެނުއަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފައްޓާނީ  21 ސެޕްޓެމްބަރ 2014 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.


1-   ސެޓްފިކެޓް 2 އިން މެރިން އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ.މާލެ

 

ކޯހަށްވަނުމަށްބޭނުންވާއެންމެދަށްމިންގަނޑު:

ހ.ގްރޭޑް 7 ނިންމާފައިވުން. (ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު). ނުވަތަ މިހާރު އުޅަނދެއްގައި މަސައްކަތް ކުރާނަމަ ކަނޑުމަތީގެ ތަޖުރިބާ އަންގައިދޭފަދަ ރަސްމީ ލިޔުމެއް އުޅަނދުގެ ވެރިފަރާތުން ނުވަތަ ކެޕްޓަންގެ ފަރާތުން ހުށަހަޅަންވާނެއެވެ. ނުވަތަ

ށ.މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތައް ހަމަނުވާ ބޭފުޅުން މިސެންޓަރުން ހުށަހަޅާ ލިޔުމުންނާއި އަނގަބަހުން ކުރެވޭ އިމްތިހާނަކުން ފާސްވުން.

 

 

 

 

 

 

 

2-   ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަންސް

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ. މާލެ

 

ކޯހަށްވަނުމަށްބޭނުންވާއެންމެދަށްމިންގަނޑު:

ހ.ފަށާ ތަޢުލީމް ޙާސިލްކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް ގެ ލެވެލް 2 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު ކޯސްޓަލް ނެވިގޭޝަން ކޯހުގެ ސަނަދު ޙާސިލްކޮށްފައިވުން އަދި ދަށްވެގެން 100 ގްރޮސް ޓަނޭޖްގެ، ނުވަތަ ކުރުވެގެން 24 މީޓަރުގެ، ނުވަތަ މަދުވެގެން 12 ފަސިންޖަރުންގެ އުޅަނދެއްގައި މާސްޓަރ ނުވަތަ ނެވިގޭޓިންގ އޮފިސަރެއްގެ ގޮތުގައި 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނ.ސައްހަކަން ބެލިފައިވާ 36 މަސްދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ކަނޑުމަތީގެ ތަޖުރިބާ 500 ގްރޮސް ޓަނާއި މިއަށްވުރެ ބޮޑު އާގުބޯޓު ފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ލިބިފައިވުން. (މީގެ ތެރޭގައި 6 މަސްދުވަހުގެ ނެވިކަމުގެ ޑިއުޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން). ނުވަތަ

ރ.ސައްހަކަން ބެލިފައިވާ 1 އަހަރު ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ތަމްރީން ޕްރޮގްރާމެއް އާގުބޯޓު ފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ފުރިހަމަކޮށް ތަމްރީން ރެކޯޑް ފޮތެއްގައި ރެކޯޑް ކުރެވިފައި އޮތުން.

ނޯޓް:ކަނޑުމަތީ ތަޖްރިބާ ހުރިކަން ދައްކާދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީ އިން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

            


3-   ސެޓްފިކެޓް 3 އިން މެރިން އިންޖިނިއަރިންގ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ.މާލެ

 

ކޯހަށްވަނުމަށްބޭނުންވާއެންމެދަށްމިންގަނޑު:

   ހ.ފަށާ ތަޢުލީމް ޙާސިލްކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ

ށ.އުމުރުން 18 އަހަރު ފުރިފައިވުމާއެކު މަދުވެގެން 750 ކިލޯވޮޓްގެ އިންޖީނެއް ހުރި އާގުބޯޓެއްގެ އިންޖީން ރޫމްގައި މަދުވެގެން 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 500 ގްރޮސް ޓަނޭޖްގެ އުޅަނދެއްގައި ޑެކް ޑިޕާޓްމަންޓްގައި 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުމާއިއެކު އުމުރުން 36 މަސްދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:މި ކޯހަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުންވެސް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭ ހައްދާފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި ކަނޑުމަތީ ތަޖްރިބާ ހުރިކަން ދައްކާދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީ އިން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

 


4-   ސެޓްފިކެޓް 4 އިން މެރިން އޮޕަރޭޝަންސް

މުއްދަތު:  1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30

ކޯސްހިންގާ ކެމްޕަސް: ކ.މާލެ

 

ކޯހަށްވަނުމަށްބޭނުންވާއެންމެދަށްމިންގަނޑު:

ހ.ސާނަވީ މަދަރުސާ ނިންމާފައިވުން ނުވަތަ ސެޓްފިކެޓް 3 ގުޅޭ ދާއިރާއަކުން އޮތުން. ނުވަތަ

ށ.ގްރޭޑް 7 ނިންމާފައިވުމާއި ޢުމުރުން 18 އަހަރު ވެފައިވުމާއި ބޯޓުދަތުރުކުރުމުގެ ދާއިރާގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އިންޓަރވިޔޫ އަކުން ކަށަވަރުވުން. ނުވަތަ

ނ.އެސް.ޓީ.ސީ ޑަބްލިޔޫ ކޯޑުގެ ސެކްޝަން A-II/I އަށް ފެތޭ ޓްރޭނިންގ ޕްރޮގްރާމެއްގެ ދަށުން ބޯޓެއްގައި މަދުވެގެން 12 މަސްދުވަހު އުޅެފައިވާކަން ޓްރޭނިން ރެކޯޑު ފޮތަކުން ހާމަވުން. ނުވަތަ

ރ. 36 މަސްދުވަހުގެ ބޯޓު ދަތުރު ކުރުމުގެ ޤަބޫލުކުރެވޭ ތަޖުރިބާ ހުރުން އަދި މި ތަޖުރިބާ ހޯދުމުގައި މަދުވެގެން 6 މަސް ދުވަސް ވަންދެން މާސްޓަރ އެއް ނުވަތަ ކޮލިފައިޑް އޮފިސަރެއްގެ ބެލުމުގެ ދަށުން 6 މަސްދުވަސް ވަންދެން ބްރިޖްގެ ވޮޗް ކީޕިންގ ޑިޔުޓީ އަދާ ކޮށްފައިވުން.

ނޯޓް:1.ޝަރުޠު ހ އާއި ޝަރުޠު ރއިން ކޯހަށް ވަނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް  އިން 500 ގްރޮސް ޓޮން އަށް ވުރެ ބޮޑެތި ބޯޓުފަހަރުގައި ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުމެއް ބޭނުންވާނެއެވެ. (letter of eligibility)

   2. ޝަރުޠު 1 އާއި ޝަރުޠު 2 ން ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް ގެ ޓްރާންސްޕޯރޓް އޮތޯރިޓީ އިން ކަނޑައަޅާ  ޝަރުޠު 3 ނުވަތަ 4 ގައިވާ ތަޖުރިބާ ބޭނުންވާނެއެވެ.

   3. އެސް.ޓީ.ސީ ޑަބްލިޔޫ ކޯޑުގެ ރެގިޔުލޭޝަން 1/9 ގެ މެޑިކަލް ސްޓޭންޑަރޑަށް ކޯސް ނިންމާ ދަރިވަރުން ފެތޭނަމަ ނޫނީ 500 ގްރޮސް ޓޮނޭޖް އަށް ވުރެ ބޮޑެތި ބޯޓުފަހަރުގެ އޮފިސަރ އިން ޗާރޖް އޮފް އަ ނެވިގޭޝަނަލް ވޮޗްގެ ސަނަދެއްނުލިބޭނެއެވެ.

 

15 ސެޕްޓެންބަރު 2014
ހޯދާ