ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ޕްރައިމަރީ ޓީޗަރ

މަޤާމު:ޕްރައިމަރީ ޓީޗަރ   

ބޭނުންވާ އަދަދު: 3            

ކްލެސިފިކޭޝަން އަދި ރޭންކް: (ޓީއެސްއޯ 2 އާއި ޓީއެސްއޯ 7 އާ ދެމެދުގެ ކްލެސިފިކޭޝަނެއް) (އެމް.އެސް 1 ން އީ.އެކްސް 2 އާ ދެމެދުގެ ރޭންކް)

ޝަރުޠު:            

1. ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 2 ގެ ޝަރުޠު:

- ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ހާސިލުކޮށްފައިވުން.   

2. ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 3 ގެ ޝަރުޠު:

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެމަތީ ފާހެއް ލިބިފައިވުން.

3. ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 4 ގެ ޝަރުޠު:

- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ

- ކިޔަވައިދިނުމަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން. ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.           

4. ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 5 ގެ ޝަރުޠު:

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ތަޢުލީމީ ދާއިރާއިން އިތުރު ބެޗްލަރސް ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓުފިކެޓެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކޮށްފައިވުން. ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް (ބެޗްލަރސް ޑިގްރީއެއްނެތި) އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

5. ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 6 ގެ ޝަރުޠު: 

- ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އަދި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައި ވުމާއެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން.

6. ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 7 ގެ ޝަރުޠު:

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓު ނުވަތަ އެއްށްވުރެ މަތީފާހެއް ހާސިލުކޮށްފައިވުން ނުވަތަ

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން.

މުސާރަ:               ޓީ.އެސް.އޯ 2 ގެ ޝަރުޠު ފުރިހަމަވާނަމަ -/5610ރ (މަހަކު)

                    ޓީ.އެސް.އޯ 3 ގެ ޝަރުޠު ފުރިހަމަވާނަމަ -/6295ރ (މަހަކު)

                    ޓީ.އެސް.އޯ 4 ގެ ޝަރުޠު ފުރިހަމަވާނަމަ -/7035ރ (މަހަކު)

                    ޓީ.އެސް.އޯ 5 ގެ ޝަރުޠު ފުރިހަމަވާނަމަ -/7875ރ (މަހަކު)

                    ޓީ.އެސް.އޯ 6 ގެ ޝަރުޠު ފުރިހަމަވާނަމަ -/8835ރ (މަހަކު)

                    ޓީ.އެސް.އޯ 7 ގެ ޝަރުޠު ފުރިހަމަވާނަމަ -/9890ރ (މަހަކު)

ސަރވިސް އެލަވަންސް:     -/2500ރ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:  މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ ޓީޗިންގ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާ ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ. އަދި ޓީޗިންގ ދާއިރާއިން ތަޖުރިބާހުރި ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ.                                                                                                                          

ކުރަންޖެހޭ މަސައްކަތް:     

ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ސްކީމް ތައްޔާރުކުރުމާއި، ޓެސްޓް ޕޭޕަރު ތައްޔާރު ކުރުމާއި، މީގެ އިތުރުންވެސް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން. 

ހުށަހަޅަންޖެހޭތަކެތި: 

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސްކޫލު ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. )
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު.)
  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިއުންތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް.  (ރަސްމީ އޮފިހަކުން ތައްގަޑު ޖަހާފައިވާ)
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާ އަދާކުރަންޖެހޭ ތަން:   ދަރުމަވަންތަސްކޫލް

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.  

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ސުންގަޑި: މި ވަޒީފާއަށް ކުރިމަތިލައްވޭނެ އެންމެފަހު ތާރީޚަކީ 22 ސެޕްޓެންބަރު 2014 ގެ 2.30 އެވެ.

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3324495 ނަންބަރު ފޯނާއެވެ.

14 ސެޕްޓެންބަރު 2014
ހޯދާ