މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

ކްލީން އެނަރޖީ ފޯރ ކްލައިމޭޓް މިޓިގޭޝަން (ސީ.އީ.ސީ.އެމް) ޕްރޮޖެކްޓް

ގްރާންޓް ނަންބަރު: TF011858

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

އައި.އެފް.ބީ ނަންބަރު: 007/TF011858

1. ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް) ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ "ކްލީން އެނަރޖީ ފޯރ ކްލައިމޭޓް މިޓިގޭޝަން (ސީ.އީ.ސީ.އެމް) ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނު އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL)438/438/2014/98) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވާރލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

3. މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 އޮކްޓޫބަރު 2014ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓް ކޮޕީ ފޯމެޓްގައި ބީލަން ފޮތް ފޮނުވައިދެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެފަރާތްތަކަށް ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603018419+

ފެކްސް: 9603018301+

އީމެއިލް: [email protected]

4. މި ޕްރޮޖެކްޓަށް ހުށަހަޅާ ބީލަންތަކުގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 91 (ނުވަދިހަ އެކެއް) ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 14 އޮކްޓޫބަރު 2014ވާ އަންގާރަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

6. މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

15 ސެޕްޓެންބަރު 2014
ހޯދާ