މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
25 ވީއެޗްއެފް ސެޓް (ބެޓަރީއާއެކު) ގަންނަން

މިކުންފުނީގެ ބޭނުމަށް 25 ވީއެޗްއެފް ސެޓް (ބެޓަރީއާއެކު) ގަންނަން ބޭނުންވެއެވެ.

ވީމާ، މި ވީއެޗްއެފް ސެޓުތައް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބާއެކު މިކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ