އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ސަހަރާ ބޮޑުކުރުމާގުޅޭ

އައްޑޫސިޓީގެ ހިތަދޫގައި މިހާރު މީހުން ވަޅުލުމަށް ބޭނުންކުރަމުންދާ ސަހަރާ އާ ގުޅުވައިގެން އެ ސަހަރާ ބޮޑުކޮށް ވަށާފާރު ރާނަން ބޭނުންވެގެން ކުރެވުނު ނަންބަރު: EC/IUL/2014/132-ފ426 އިޢުލާނަށް މަޢުލޫމާތު ފުރިހަމަނުވާތީ މި އިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި ޕްރޮޕޯޒަލް ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

20 ޛުލްޤަޢިދާ 1435    

15 ސެޕްޓެންބަރު 2014
ހޯދާ