ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު: ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ރޭންކް: އީ. އެކްސް 1

ކްލެސިފިކޭޝަން: ޑިރެކްޓަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/8835 ރުފިޔާ

ސާރވިސް އެލަވަންސް: -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ އިތުރުގަޑީ ފައިސާ އާއި، ބަންދު ދުވަހުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާ އާއި، ރަމަޟާން މަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް ސިވިލް ސަރވިސް ގެ ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. ކައުންސިލްގެ ވިޝަން، މިޝަން، ސްޓްރެޓެޖިކް، އެކްޝަން ޕްލޭން އެކުލަވާލައި ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރުން
  2. ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވާލައި އެކަށައެޅުމާއި، އިދާރާ ހިންގުމުގައި ކައުންސިލްގެ ރައީސަށް ލަފާދީ އެހީތެރިވުން
  3. ކައުންސިލްގެ ރައީސް ޖަވާބުދާރީވާންޖެހޭ ކަންކަމާއި ޙާލަތްތަކުގައި އެހީތެރިވެދިނުން
  4. ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން
  5. އިންސާނީ ވަޞީލަތްތައް ހޯދައި ތަރައްޤީ ކުރުން
  6. އޮފީހުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ހޯދައި ބޭނުންކޮށް، ޓެކްނޮލޮޖީއާއި އައު ގޮތްތައް ހޯދައި ތަރައްޤީ ކުރުން

މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން

1. މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ތަކާއި، ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ބައްޓަންކޮށް މުވައްޒަފުން އެކަންތައްތަކަށް އަހުލުވެރި ކުރުވުން

2. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި ގުޅޭ ގޮތުންނާއި މަސައްކަތުގެ ފެންވަރުބަލައި ނިމުމުން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ބޭނުންވާ ރޮނގުތައް ފާހަގަކޮށް ކައުންސިލަށާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓަށް ހުށަހެޅުން

3. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ ފޯމުތައް އަސްލާ އަޅާކިޔައި، ފޯމުތައް ދިރާސާ ކުރުމަށްފަހު، ޕޮއިންޓް ދީފައިވަނީ ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިންތޯ ބަލައި، އޭގެ ތެރެއިން އެއްވެސް ފޯމެއް ފުރިހަމަ ކޮށްފައިވަނީ ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ތަފާތު ގޮތަކަށް ކަމަށް ފެންނަނަމަ، ޔުނިޓުގެ ވެރިޔާއާއި މަޝްވަރާކޮށް އެކަންތައް ޙައްލު ކުރުން

4. މަސައްކަތު އަހަރު ކަނޑައެޅިފައިވާ ޓާގެޓް ސެޓްކުރުމުގައި މުވައްޒަފުންނާއި މުޢާމަލާތު ކުރެވިފައިވޭތޯ ބަލައި، މަސައްކަތު އަހަރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމުތައް ފުރިހަމަ ކޮށްފައިވޭތޯ ޗެކްކުރުން

5. ފޯމުތަކުގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބަލައި އެ އޮފީހުގެ މުވައްޒަފުންނާ ބެހޭ ގޮތުން ފާހަގަކުރެވޭ ރަނގަޅު ކަންތައްތަކާއި، ކުރިމަތިވެފައިވާ ދަތިތަކާއި، އުޞޫލީ މައްސަލަތައް ފާހަގަކޮށް، އިޞްލާޙު ކުރަންޖެހޭ ކަންތައްތައް ހިމެނޭ ގޮތުގެ ރިޕޯޓެއް އެކުލަވާލައި ކައުންސިލްގެ މަޝްވަރާއާއެކު އެކަންތައް އިޞްލާޙުކުރުން

6. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމުތަކާއި ރިކޯޑު ރައްކާތެރިކަމާއެކު ބެލެހެއްޓުން

މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ހޯދުން

7. އިދާރާގެ މަސައްކަތް ހިންގުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ހިންގުން

ފެންވަރު ނުވަތަ ޝަރުޠު

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލު ކޮށްފައިވުން،

ނުވަތަ

5. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް

އިންޓަވިއު ކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ 23 ސެޕްޓެންބަރު 2014 އިން 30 ސެޕްޓެންބަރު 2014 އާ ދެމެދުގެ ދުވަހެއްގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

- އިންޓަވިއުއަށް ވަޑައިގަންނަވަންޖެހޭ ތާރީޚާއި ގަޑި، ކުރިމަތިލައްވާ ފަރާތްތަކަށް މި އިދާރާއިން އަންގައި ދެވޭނެއެވެ.

- އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.

- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ލިއުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ މި ވަޒީފާއަށް ބަދަލު ވުމާމެދު، ކަމާބެހޭ ފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2014 ވާ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6780031 ފޯނާ ގުޅުއްވުމުން އެ މަޢުލޫމާތެއް ސާފުކޮށް ދެވޭނެއެވެ.

                        12 ޛުލްޤަޢިދާ  1435   

07 ސެޕްޓެންބަރު 2014
ހޯދާ