މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލީގަލް ކައުންސެލަރ

މަޤާމުގެ ނަން: ލީގަލް ކައުންސެލަރ

މުސާރަ: 13,045.50 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: އިންވެސްޓްމެންޓް ޕްރޮމޯޝަން އެންޑް  އެސެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު: 1

ވަޒީފާގެ ބާވަތް: ޕާޓްޓައިމް  (ކުންފުނިން ކަނޑައަޅާ ވަގުތުތަކެއްގައި މަސައްކަތް ކުރުން)

ވަޒީފާގެ މުއްދަތު: 3 އަހަރު

ޝަރުޠު:

  1. މަޤާމާއި ގުޅޭ ދާއިރާއަކުން ފުރަތަަ ޑިގްރީ ހާސިލްކޮށްފައި ވުން (ނުވަތަ)
  2. މަޤާމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހިންގުންތެރި، ހީވާގި، މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމާ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަށެވެ).

- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޤާނޫނީ ގޮތުން އެކިއެކި ކަންކަމުގައި މިކޯޕަރޭޝަންގެ މެނޭޖްމަންޓަށް އަދި މިކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ލާފާދިނުން، އަދި ޑިރެކްޓަރުންގެ ބޯޑުން އެދިއްޖެ ހިނދެއްގައި ބޯޑުގެ ބައްދަލުވުން ތަކަށް ހާޒިރުވުން.

- ކޯޕަރޭޓް ގަވަނަންސް އުސޫލުތައް ޤާއިމުކުރުމުގައާއި ކުންފުނި ހިންގުމުގައި ބޭނުންވާ ޕޮލިސީތަކާއި، އެސް.އޯ.ޕީ ތައް ތައްޔާރު ކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިސްލާޙް ކުރުން.

- މިކޯޕަރޭޝަންގެ ފަރާތުން އެކިއެކި ފަރާތްތަކާއިއެކު ހަދާ އެއްބަސްވުންތަކާއި ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި ލަފާދީ، އެތަކެތި ޑްރާފްކުރުމާއި، ރިވިއުކޮށް، އިސްލާޙް ކުރުން.

- މިކޯޕަރޭޝަނަށް ބޭނުންވާ އެކިއެކި މަސައްކަތްތައް ކުރާނެ އަދި ހިދުމަތްތައް ދޭނެ ފަރާތްތައް އަންޔަން ކުރުމާ ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިސްލާޙް ކުރުން.

- މިކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓުތަކާއި، ކޮމަރޝަލް ޓެންޑަރ ތަކާއި، ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅެގޮތުން ގުޅޭގޮތުން ލަފާދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތަކާއި އެއްބަސްވުންތައް ތައްޔާރު ކުރުމާއި، އެފަދަ ތަކެތި ރިވިއުކޮށް، އިސްލާޙް ކުރުން

އިތުރު މަޢުލޫމާތު:

  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢްލީމާއި ތަޖުރިބާ އެންމެ މަތީ 3 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް   ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ