މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ: 9,512.50 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: އިންވެސްޓްމެންޓް ޕްރޮމޯޝަން އެންޑް  އެސެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު: 1

ޝަރުޠު:

  1. މަޤާމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން (ނުވަތަ)
  2. މަޤާމާ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ އެއް ހާސިލްކޮށް ފައިވުން (ނުވަތަ)
  3. މަޤާމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން
  4. އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހިންގުންތެރި، ހީވާގި، މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމާ މީހެއްކަމުގައިވުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކަށެވެ).

- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އިންވެސްޓް ޕްރޮމޯޝަން އާއި ބެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން.

- ސެކްޝަނުން ބަލަހައްޓާ އެކިއެކި ޕްރޮޖެކްޓްތައް ބެލެހެއްޓުމަށްޓަކައި ފީލްޑް މަސައްކަތަށް ދިއުން.

- އިންވެސްޓްމަންޓް ޕްރޮމޯޝަންގެ ލީފްލެޓްސްތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ބްރޯޝަރސް ޑިޒައިން ކުރުމަށް އެހީތެރިވުން.

- ސެކްޝަންގެ އެންމެހައި އިދާރީ ކަންތައްތައް ބަލަހައްޓާ ސުޕަވައިޒަރުގެ އެންގެވުމާ އެއްގޮތުގެ މަތިން ރޭވުން.

- އިންވެސްޓްމަންޓާ ގުޅޭގޮތުން ރޭވޭ އެކިއެކި އިވެންޓްސްތަކަށް ބޭނުންވާ މަސައްކަތްތައް ކުރުން.

- ސެކްޝަނުންކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓް ކުރެވޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ