އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

މަޤާމް:

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ ޢަދަދު:

01  (އެކެއް)

ބޭސިކް މުސާރަ:

މަހަކު 20500.00 (ވިހިހާސް ފަސްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 15000.00 (ފަނަރަހާސް ރުފިޔާ)

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް

މަޤާމުގެ މުއްދަތު

މީލާދީ 5 އަހަރު

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑި

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ދަޢުލަތުގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އުމުރުން 18 އަހަރު ފުރި، 55 އަހަރު ވެފައިވާ މީހެއްކަމުގައި ނުވުން.
  4. މި ކޮމިޝަނުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވި ދިޔަ މީހަކު ވަޒީފާގައި ހުރެ ކުރިމަތިލާ މީހާ ހޮވިއްޖެނަމަ އެމީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާނެ ކަމުގެ ލިޔުން އޮތުން.

މަތީގައި ބަޔާންކޮށްފައިވާ ޝަރުޠު ތަކުގެ އިތުރުން، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިސްނެގުމަށާއި ލީޑަރޝިޕްއަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަށާއި ހިންގުމުގެ ތަޖުރިބާއަށާއި ނަތީޖާ ހާޞިލްކޮށްފައިވާ މިންވަރަށް ބެލެވޭނެއެވެ. މިގޮތުން ބެލޭނެކަންކަން ތިރީގައި މިވަނީއެވެ.

  1. ސީނިއަރ މެޖޭންމަންޓް ފަންތީގެ ތަޖުރިބާ ލިބިފައިވުމާއެކު މިކަންކަން އިންޓަރވިޔު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،
  2. ސީނިއަރ މެނޭޖްމަންޓްގައި، މަސައްކަތްކުރި ދާއިރާގެ ހިއްސާދާރުންނާއެކު ނުވަތަ ދާއިރާ ހިއްސާކުރާ ބައިވެރިންނާއެކު ނަތީޖާ ހާޞިލްކުރުމަށް ކަނޑައަޅައި، ކަނޑައެޅި އަމާޒަށް ވާޞިލްވެފައިވާކަން އިންޓަރވިޔު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،
  3. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭނެކަން އިންޓަރވިޔު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،
  4. ވަޒީފާއާ ބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަރވިޔު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،
  5. ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގު ރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވުމުގެ ތަޖުރިބާ ހާޞިލްކޮށްފައި އޮތުމާއެކު ދާއިރާގެ ޕްރޮފެޝަނަލް ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ދައުރު އަދާ ކުރެވިދާނެކަމުގެ ޤާބިލްކަން ހުރިކަން އިންޓަރވިޔު ޕެނަލްގައި ސާބިތުކޮށްދިނުން. އަދި،
  6. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ދާއިރާއާ ގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ޤާބިލްކަމާއި، ޤައުމީ، އަދި ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލްކުރުމުގެ ޤާބިލްކަން އިންޓަރވިޔު ޕެނަލުން ސާބިތުކޮށްދިނުން.

މަސްއޫލިއްޔަތު:

- ކޮމިޝަނުން ނިންމާ ނިންމުންތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަންގެ އިދާރާ ހިންގައި ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަންގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީގޮތުން ލާޒިމް ކުރާ އިންތިޚާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށް ބޭނުންވާ އެންމެހައި އިދާރީ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ސެކްޝަންތަކަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

- އިލެކްޝަންސް ކޮމިޝަނާއި ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި، އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ކޮމިޝަނުގެ ލަފާގެ މަތިން ޕްރޮޖެކްޓްތައް ރާވައި، ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.

- ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވާލައި، ބަޖެޓުން ކުރަންޖެހޭ ކަންކަން ގަވާއިދުން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާޞިލްކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތައް ނުގުނޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓް

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މިކޮމިޝަނުގެ ނަންބަރު 359(A)AA-2014/ (17 އޯގަސްޓް 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ފޯމު ހުށަހަޅާފައިނުވާތީ، އަލުން އެ މަޤާމަށް އިޢުލާނު ކުރަމެވެ.

359(A)AA-2014/ (17 އޮގަސްޓު 2014) ނަންބަރު އިޢުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށްނުޖެހޭނެއެވެ.

14 ޛުލްޤަޢިދާ  1435

09 ސެޕްޓެންބަރު 2014
ހޯދާ