މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ ހުސްބިންތަކާއި، އާންމު މަގު، އަދި ގޯޅިތަކުގައި އެކިބާވަތުގެ ތަކެތި ބެހެއްޓުމަކީ މަނާކަމެއްކަން އެންގުމާއި، އެފަދަ ތަކެތި ނަގަމުންދާނެކަން އެންގުން.

މާލޭ ސިޓީގެ ހުސްބިންތަކާއި، އާންމު މަގު އަދި ގޯޅި ތަކުގައި އެކިބާވަތުގެ ތަކެތި (ގޮޑި، އަލަމާރި، ހަރުގަނޑު، ސެލްފް، މޭޒް، ޖޯލި، ކޮންޓެއިނަރ، ދަނގަޑުގެ ބާވަތްތައް، އިމާރާތް ކުރުމަށާއި، އެކިބޭނުންތަކަށް ބޭނުންކުރާ ތަކެތި) ބެހެއްޓުން މިހާރުވަނީ އާންމުވެފައެވެ. މިކަމުގެ ސަބަބުން ދުއްވާ ތަކެއްޗަށާއި ހިނގާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވުމުގެ އިތުރުން ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ.

ވީމާ މީގެފަހުން މިއިދާރާގެ ހުއްދަ ނެތި ބަހައްޓާ ތަކެތި ކުރިން އެންގުމެއްނެތި ނަގަމުންގެންދާނެ ވާހަކައާއި އެފަދަ ތަކެއްޗަށްލިބޭ އެއްވެސް ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުނަގާނެކަން އަންގަމަވެ. އަދި ތަކެތި އަނބުރާ ދޫކުރެވޭނީ އެތަކެތި ނެގުމަށްދިޔަ ޚަރަދު މިއިދާރާއަށް ދެއްކުމުންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

     16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ