ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތެއް ހޯދުން

މިރަށު ފުޓްބޯޅަ ދަނޑު ހެދުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. މިގޮތުން ގއ. ކަނޑުހުޅުދޫ ބޮންތި ގޯތީގެ ދެކުނުންނާއި ހުޅަގުން އަދި މިހާރުގެ ފުޓްބޯޅަދަނޑުގެ ހުޅަގުދެކުނު ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތެއް ހޯދުމަށް މިވަނީ ބޭނުންވެފައެވެ.

ވީމާ، މި ރުއްގަހުގެ ވެރިޔަކު ވާނަމަ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

              16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ