ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ތިން ދުވަހުގެ ކޮންފަރެންސެއް

އިޢުލާނު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އާއި ޔޫއެންޑީޕީ ގުޅިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ މަދަނީ ޖަމުޢިއްޔާތަކަށް ބާއްވާ ތިން ދުވަހުގެ ކޮންފަރެންސެއް މިއަހަރުގެ ނޮވެންބަރު 4 ން 6 ށް މާލޭގައި އޮންނާނެއެވެ. މިކޮންފަރެންސްގައި ބައިވެރިވާނީ ޞިއްޙަތާއި ތަޢުލީމު، އަންހެނުންނާއި ކުޑަކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކާއި ޑިމޮކްރަސީއާއި ހެޔޮވެރިކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުންނެވެ. 

ވީމާ، މިކޮންފަރެންސްގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ މަދަނީ ޖަމްޢިއްޔާތަކުން 9 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 3:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމު ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު އިންސާނީ ޙައްޤުތައް ކުރިއަރުވަން ހިންގާފައިވާ ޙަރަކާތުގެ ޚުލާޞާ ރިޕޯޓް ހުށަހަޅުއްވަންވާނެއެވެ. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ ކޮމިޝަންގެ އީމެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންފަރެންސާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3003129 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޛުލްޤަޢިދާ 1435

09 ސެޕްޓެންބަރު 2014
ހޯދާ