ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.         

މަޤާމު:

ރިސެޕްޝަނިސްޓް

 

ބޭނުންވާ އަދަދު:

1

މަގާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އޮފީސް

ގދ. ނަޑެއްލާ ސިއްޙީ މަރުކަޒު

 

ތަޢުލީމާއި ތަޖުރިބާ:

 1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 1. ހޮސްޕިޓަލަށް ލިބޭ އާމްދަނީ ފައިސާ ބަލައިގަތުމުގެ މަސައްކަތްތަކާއި، އާސަންދައިގެދަށުން ބަލިމީހުންނަށް ބޭސްފަރުވާކުރުމާބެހޭ މުޢާމަލާތްތައް ކުރުން.
 2. ބަލިމީހުންގެ އެޕޮއިންޓްމެންޓް ހެއްދުމާއި، ނަންބަރު ދޫކުރުން.
 3. ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ޒިޔާރަތްކުރާ މީހުންނަށް މަޢުލޫމާތުދީ މަގުދައްކައިދިނުން.
 4. ހޮސްޕިޓަލަށް ލިބޭ އާމްދަނީގެ ފައިސާއާމެދު މާލިއްޔަތު ޤަވާޢިދާއެއްގޮތަށް، އަދި ހޮސްޕިޓަލުން ހަމަޖައްސާފައިވާ އުސޫލަކާ އެއްގޮތަށް ޢަމަލުކުރުން.

ޢާއްމުކޮށް މަސައްކަތް އޮންނާނެ ގަޑި:

ސަރުކާރު ރަސްމީ މަސައްކަތުގަޑި (ހެދުނު 8:00 ން މެންދުރުފަހު 3:00 އަށް)

ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސާއި، ރިސްކް އެލަވަންސް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދޭ ފޯމް
 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެމް.ކިއު.އޭ. ގަބޫލުކުރާކަމަށް ތައްގަނޑުޖަހާފައިވާ)
 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ.
 5. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ދީފައިވާ ލިޔުން.
 6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ) ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.
 7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) 

ނޯޓް: ވަޒީފާއާ ނުގުޅޭ ތަމްރީނަކަށް މާކުހެއް ނުލިބޭނެއެވެ.

ސުންގަޑި:

 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި މަރުކަޒުގެ އޮފީހަށް.

އިންޓަރވިއު އޮންނާނެ  ތާރީޚާއި، ތަން:

 އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެތެރޭގައި، ގދ. ނަޑެއްލާ ޞިއްޙީ މަރުކަޒުގައި.

(އިންޓަރވިޔުކުރާނީ ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކާ އެކަންޏެވެ.)

 

 

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރުތަކަކީ 6842612 ، 7782501 އެވެ. ވަޒީފާއަށް އެދޭ ފޯމް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ، މީލާދީ ތާރީޚުން އުމުރުން 18 އަހަރުފުރި، 55 އަހަރު ނުފުރޭ މީހުންނަށެވެ.

 

09 ސެޕްޓެންބަރު 2014
ހޯދާ