ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ އެންޑް ޔޫޒާރސް ޑެސްކްޓޮޕް އަދި ސާރވާ ގެ ސޮފްޓްވެއަރ ލައިސަންސް ސަޕްލައިކޮށްދިނުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުންޏަށް ބޭނުންވާ އެންޑް ޔޫޒާރސް ޑެސްކްޓޮޕް އަދި ސާރވާ ގެ ސޮފްޓްވެއަރ ލައިސަންސް ސަޕްލައިކޮށްދިނުން

މި ކުންފުންޏަށް ބޭނުންވާ އެންޑް ޔޫޒާރސް ޑެސްކްޓްޕް އަދި ސާރވާ ގެ ސޮފްޓްވެއަރ ލައިސަންސް އަދި އެއާ ގުޅޭ އެހެނިހެން ތަކެތި ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 11 އިން 2014 ސެޕްޓެންބަރުު 18ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 09:00 އިން މެންދުރު 15:00 އާދެމެދު 100.00 ޔޫ.އެސް ޑޮލަރު ނުވަތަ އެއަގަށްވާ ދިވެހިރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2014 ސެޕްޓެންބަރުު 18 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2014 ސެޕްޓެންބަރުު 25 ވާ(ބުރާސްފަތި)ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2014 ސެޕްޓެންބަރު 11 އިން 2014 ސެޕްޓެންބަރުު 18 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އާ ދެމެދުއެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00 (ދިހަހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

ވީމާ، މި މަސައްކަތް ކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރުު 25 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުށްވުން ޢެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މިމަސައްކަތް ހަވާލުކުރުމުގައި ކްރެޑިޓަށް ދޫކުރާ އަދި ދިވެހި ރުފިޔާ ގަބޫލުކުރައްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

 2014 ސެޕްޓެންބަރު 11 އިން 2014 ސެޕްޓެންބަރު 18 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2014 ސެޕްޓެންބަރު 11 އިން 2014 ސެޕްޓެންބަރު 18 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2014 ސެޕްޓެންބަރު 18 ގައި

13:00 ގައި

އަގު ހުށަހެޅުން

2014 ސެޕްޓެންބަރު 25 ގައި

13:00 ގައި

16 ޛުލްޤައިދާ 1435

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
11 ސެޕްޓެންބަރު 2014
ހޯދާ