ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންނީގެ ޓްރާންސްޕޯޓް އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓް އަދި ހުޅުމާލެ އިންޖީނުގެއަށް ބޭނުންވާ 2 ވޭން ސަޕްލައިކޮށްދިނުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުންނީގެ ޓްރާންސްޕޯޓް އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓް އަދި ހުޅުމާލެ އިންޖީނުގެއަށް ބޭނުންވާ 2 ވޭން ސަޕްލައިކޮށްދިނުން

މިކުންފުންނީގެ ޓްރާންސްޕޯޓް އެންޑް ސެކިއުރިޓީ ޑިޕާރޓްމަންޓް އަދި ހުޅުމާލެ އިންޖީނުގެއަށް ބޭނުންވާ 2 ވޭން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 11 އިން 2014 އޮކްޓޫބަރު 02ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 09:00 އިން މެންދުރު 15:00 އާދެމެދު 100.00 ޔޫ.އެސް ޑޮލަރު ނުވަތަ އެއަގަށްވާ ދިވެހިރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2014 އޮކްޓޫބަރު 12 ވާ (އާދީއްތަ) ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2014 އޮކްޓޫބަރު 19 ވާ(އާދިއްތަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2014 ސެޕްޓެންބަރު 21 އިން 2014 އޮކްޓޫބަރު 02 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 15:00 އާ ދެމެދުއެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00 (ދިހަހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ.އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

ވީމާ، މިމަސައްކަތް ކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 19 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުށްވުން ޢެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މިމަސައްކަތް ހަވާލުކުރުމުގައި ކްރެޑިޓަށް ދޫކުރާ އަދި ދިވެހި ރުފިޔާ ގަބޫލުކުރައްވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

 2014 ސެޕްޓެންބަރު 11 އިން  2014 އޮކްޓޫބަރު 02 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2014 ސެޕްޓެންބަރު 21 އިން 2014 އޮކްޓޫބަރު 02 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2014 އޮކްޓޫބަރު 12 ގައި

13:00 ގައި

އަގު ހުށަހެޅުން

2014 އޮކްޓޫބަރު 19 ގައި

13:00 ގައި

16 ޛުލްޤަޢިދާ 1435

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރަށްވާނީ [email protected]މި އެޑްރެހަށެވެ.
11 ސެޕްޓެންބަރު 2014
ހޯދާ