މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ އިން ފޯރުކޮށްދެމުންގެންދާ ފެރީ ޚިދުމަތުގައި ބޭނުންކުރުމަށް މުދާ އުފުލާ 1 ދޯނި ހޯދުމާއި ބެހޭ (ދެވަނަ ގޮވާލުން):

އެމްޓީސީސީ އިން ފޯރުކޮށްދެމުންދާ ފެރީ ޚިދުމަތުގައި ބޭނުންކުރުމަށް 01 ފެރީ ދޯނި ޑްރައިވަރާއި ފަޅުވެރިންނާއެކު ކުއްޔަށްހިފުމަށް ކުރި އިޢުލާން (ނަންބަރު: MTCC-PD/IU/2014/131) އާ ގުޅިގެން ހާޒިރުވެ ލައްވާފައިވާނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ދޯނި ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2014 ދުވަހުގެ 14:00 އަށް، މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް (ހ. ސޯމިލް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ސެޕްޓެންބަރު 2014 ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ