އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމު:

ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، ހަނދުވަރީ ހިނގުން، މާފަންނު / މާލެ

ފެންވަރު ނުވަތަ ޝަރުޠު:

  1. ހިންގުމުގެ ދާއިރާއިން ނުވަތަ އިންސާނީ ވަސީލަތުގެ ދާއިރާއިން ދަށްވެގެން މާސްޓަރސް ޑިގްރީއެއް އޮތުމާއެކު؛ ހިންގުމުގެ ދާއިރާގައި ވެރިއެއްގެ ފެންވަރުގައި 2 އަހަރު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛ 
  2. ހިންގުމުގެ ދާއިރާއިން ނުވަތަ އިންސާނީ ވަސީލަތުގެ ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީއެއް އޮތުމާއެކު؛ ހިންގުމުގެ ދާއިރާގައި ވެރިއެއްގެ ފެންވަރުގައި 5 އަހަރު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛ 
  3. ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ނުވަތަ އެ ފެންވަރުގެ އިދާރީ މަޤާމެއްގައި ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި މަދުވެގެން 5 އަހަރު ޚިދުމަތްކޮށްފައި ވުމާއެކު، އޮފީހެއްގެ އިދާރީ މަސައްކަތުގައި ވެރިޔެއްގެ ފެންވަރުގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން، އަދި؛
  4. ދިވެހި ބަހުން ކުށެއްނެތި ވާހަކަދައްކައި ލިޔެހަދައި މުޢާމަލާތު ކުރަން އެނގުން

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ މެނޭޖްމެންޓް އެންޑް އެޑްމިން ސެކްޝަނާއި ފައިނޭންސް އެންޑް ބަޖެޓިންގ ސެކްޝަނުގެ ވެރިންނަށް ލަފައާއި އިރުޝާދު ދީގެން އެ ދެ ސެކްޝަނުން ހިންގާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރު ކުރުން.
  2. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމާއި މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އެޕްރައިޒަލް ހެދުމުގެ މަސައްކަތް ކަމާބެހޭ މުވައްޒިފުން ލައްވައި ކުރުވުން.
  3. އޮފީސް ހުޅުވައި ލެއްޕުމާއި، އޮފީހަށް ބޭނުންވާ ތަކެތި ހޯދައި ވަސީލަތްތައް ޤާއިމުކުރުމާއި، އިންވެންޓްރީ އާއި ސްޓޮކް ބެލެހެއްޓުމާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ގަވާއިދުން ކުރިޔަށްދޭތޯ ބަލައި ކަށަވަރުކުރުން.
  4. އޮފީހުގެ މެނޭޖްމެންޓް އެންޑް އެޑްމިން ސެކްޝަނާއި ފައިނޭންސް އެންޑް ބަޖެޓިންގ ސެކްޝަނުގެ ވެރިންނާއި މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރުމާއި އެ ބަޔާންތަކުގައިވާ މަސައްކަތް ވިލަރެސްކޮށް ފުރިހަމައަށް ހިނގަމުންދާކަން ކަށަވަރުކުރުން. އަދި ރަސްމީ ގަޑީގައި ހުރިހާ ވަގުތެއް އެންމެ ފުރިހަމައަށް ބޭނުންކުރެވެމުން ދާކަން ކަށަވަރުކުރުން. އަދި މި ފަރާތްތަކުގެ އެޕްރައިޒަލް ހެދުމަށް ބޭނުންވާ މިންވަރަށް މަސައްކަތް މޮނިޓަރކޮށް ޕާސަނަލް ރިކޯޑު ބަހައްޓައި އިސްވެރިޔާއަށް ފޯރުކޮށްދިނުން.
  5. އޮފީހުގެ މެނޭޖްމެންޓް އެންޑް އެޑްމިން ސެކްޝަނާއި ފައިނޭންސް އެންޑް ބަޖެޓިންގ ސެކްޝަނުގެ ވެރިންނަށާއި މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތައް ފާހަގަކޮށް ޕްރޮގުރާމު އެންޑް ޕްލޭނިންގ ސެކްޝަނުގެ އިސްވެރިޔާއަށް މަޢުލޫމާތު ދިނުން.
  6. އޮފީހުގެ މެނޭޖްމެންޓް އެންޑް އެޑްމިން ސެކްޝަނާއި ފައިނޭންސް އެންޑް ބަޖެޓިންގ ސެކްޝަނުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް ޚިދުމަތް ރަނގަޅު ކުރުމަށް އިތުރަށް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  7. އޮފީހުގެ މެނޭޖްމެންޓް އެންޑް އެޑްމިން ސެކްޝަނާއި ފައިނޭންސް އެންޑް ބަޖެޓިންގ ސެކްޝަނުގެ މަސައްކަތާބެހޭ ގޮތުން ދާންޖެހޭ ޖަލްސާތައް، ވޯރކްޝޮޕް ނުވަތަ މިފަދަ އެހެން ޕްރޮގުރާމުތަކަށް ހާޒިރުވެ އެފަދަ ޖަލްސާތަކުން ނިމޭ ކަންތައްތައް ވެރިންގެ ލަފައާއެކު ތަންފީޒުކޮށް ކުރިއަށް ގެންދިއުން.
  8. އޮފީހުގެ އަހަރު ރިޕޯޓުގެ ޑްރާފްޓް އެކުލަވައިލައި ފައިނަލްކޮށް އަހަރު ނިމޭއިރަށް ފޮނުވުން.
  9. އޮފީހުގެ އަހަރީ ބަޖެޓް އެކުލަވައިލައި ފިނޭންސް މިނިސްޓްރީ އަށް ގަޑިއަށް ފޮނުވާކަން ކަށަވަރު ކުރުން. އަދި ބަޖެޓާ ބެހޭ ހުރިހާ ޖަލްސާއެއްގައި ވެސް ބައިވެރިވުން
  10. އޮފީހުގެ ޕްރޮކިއުމެންޓުގެ މަސައްކަތް ރަނގަޅަށް ދާކަން ކަށަވަރު ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ވަޒީފާގެ ދާއިރާގައި ހާސިލުކޮށްފައިވާ ނަތީޖާތައް؛

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސި ބަހުގެ ފެންވަރު

- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތު ކުރަން އެނގޭ މިންވަރު

- ކޮމްޕިޔުޓިންގ އަށް، ޚާއްޞަކޮށް މައިކްރޯސޮފްޓް ވޯޑް އަށް އަހުލުވެރިވެފައިވާ މިންވަރު.

- ސަރުކާރުގެ އޮފީސްތައް ހިންގުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރަ އާއި އެލަވަންސް

އަސާސީ މުސާރަ: (މަހަކު) -/13000 ރުފިޔާ.

އެލަވަންސް:    (މަހަކު): -/3000 ރުފިޔާ

ފޯނު އެލަވަންސް: (މަހަކު) -/500 ރުފިޔާ

އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހައިފައި)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް /ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010992/3010998/3010988 ނަންބަރު ފޯނާއެވެ.

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

12 ޛުލްޤަޢިދާ 1435

07 ސެޕްޓެންބަރު 2014
ހޯދާ