މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

                  މި ކުންފުނީގެ މި މަޤާމްތަކަށް، ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: އެސިސްޓަންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:  1

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ސެކްޝަން: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ : -/4،400 ރުފިޔާ – -/5،370 ރުފިޔާ.

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ.

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ/ރިޓަޔަރމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް/ހ. ސޯމިލް

ޝަރުޠު: ޖީ.ސީ.އީ އޭ ލެވެލުން އިނގިރޭސިޢާއި އެކައުންޓްސްއިން ފާސްވެފައިވުމާއެކު،  އެއްއަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން. ނުވަތަ

     ޖީ.ސީ.އީ އޯ ލެވެލުން އިނގިރޭސިއާއ އެކައުންޓްސްއިން ފާސްވެފައިވުމާއެކު، ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން.

     މި މަސައްކަތްކުރުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

     އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

     މައިކްރޮސޮފްޓް އެކްސެލްއާއި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

     އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގައި ކަނޑައެޅިފައިވާ ޢުސޫލާ އެއްގޮތަށް ސަޕްލައިއަށް ބޭނުންވާތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، މިކަމާބޭހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.

+ މަޤާމު: އެސިސްޓަންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު:

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ  މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: -/4،400 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ  ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް - ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު: ޖީ.ސީ.އީ އޯ ލެވެލުން ހިސާބުން ނުވަތަ އެކައުންޓްސްއިން ފާސްވެފައިވުން.

     މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ޤާބިލުކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެ. 

     މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

     ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

     ވަޒީފާގައި ކުރަންޖެހޭ މަސައްކަތް  އޮޕަރޭޝަނުން އަންގާގޮތެއްގެމަތިން ފެރީ ޓިކެޓުތައް އިޝޫކޮށް،  ފެރީ ޓިކެޓާބެހޭ ޚިދުމަތް ކަސްޓަމަރުންނަށް ފޯރޮކޮށްދިނުމާއި، ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން.    

މަޤާމް: އޮޕަރޭޓަރ

ބޭނުންވާ އަދަދު: 3   

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: -/4،400 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް: އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަރމަންޓް ޕެންޝަންސްކީމް، މެޑިކަލް އިންޝުއަރަންސް

މަސައްކަތް ކުރަންޖެހޭތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި

ޝަރުޠު: ފެރީ/ދޯނިފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F  ކެޓަގަރީ)

     ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ފަތަންދަންނަ މީހަކު ކަމުގައިވުން.

     އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

     ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނިން ކަނޑައަޅާ އުޅަނދެއްގެ އިސްމީހެއްގެގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް، ފަޅުވެރިންނާއި ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމު: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 3

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

މުސާރަ: -/3،850 ރުފިޔާ                   

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް:އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ  ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު: ގްރޭޑް 10 ގެ ފެންވަރު

މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ،   ޤާބިލުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ފެރީ ޓާރމިނަލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި،  މިފަދަ ތަންތަނުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭގޮތަކަށް އެހީތެރިވުން.  

މަޤާމު: ކްރޫ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 5           

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: -/3،850 ރުފިޔާ.

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް  (ފެރީ/ލާންޗުތަކުގައި)

ޝަރުޠު:  އަސާސީ ތަޢުލީމުގެ ފެންވަރު

      ފަތަންދަންނަ، ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.

      އިޙްތިރާމާއެކު ކަސްޓަމަރުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

     މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ޤަވައިދާއި އުސޫލުތަކުގެމަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުންދިނުމާއި، އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

                    ވީމާ، މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 2014 ސެޕްޓެންބަރު 17ވަނަ ދުވަހުގެ 13:00 ގެ ކުރިން އެމް.ޓީ.ސީ.ސީގެ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު،  ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް، ފޯމާއެކު ހުށަހެޅުން އެދެމެވެ. މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމް، ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ފެކްސް ނަމްންބަރު: 3221332

އީމެއިލް: [email protected]

13 ޛުލްޤަޢިދާ 1435

08 ސެޕްޓެންބަރު 2014
ހޯދާ