ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
'ދަސްވަރުކަން' ޕުރޮގުރާމުގެ ދަށުން ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރުމަށްޓަކައި ބައިވެރިން ހޯދުން

މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އާ ގުޅިގެން ފާމަސީ އެސިސްޓެންޓުންގެ ގޮތުގައި 1000 ޒުވާނުން ތަމްރީނުކުރުމަށް އެޕްރެންޓިސްޝިޕް ޕުރޮގުރާމެއް 2014 ވަނަ އަހަރު އޮކްޓޫބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ ފާމަސީއެއްގައި ފާމަސިސްޓެއްގެ ސުޕަވިޝަންގެ ދަށުން މަސައްކަތްކޮށްގެނެވެ. މީގެ އިތުރުން ތަމްރީނު ޕުރޮގުރާމަށް ބޭނުންވާ ތިއަރީ ފަދަ ދަސްކުރުންތައް އުނގަންނައި ދެވޭނީ އޮންލައިން ކްލާސްތަކެއްގެ ޒަރީއާއިންނެވެ. މި ޕުރޮގުރާމު ނިންމައި ފާސްވާ ފަރާތްތަކަށް ލިބޭނީ ލެވެލް 4 ގެ ސަނަދެކެވެ. ވީމާ، މި ޕުރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ، ތިރީގައިވާ ޝަރުޠު ހަމަވާ ފަރާތްތަކަށް މި ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވުމުގެ ޝަރުޠު: ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސް ވެފައިވުން؛ ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް. އެން. ކިއު. އެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ 18 އަހަރު ފުރި، ގްރޭޑް 10 ނިމިފައިވުމާއެކު މިދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާހުރުން.

މުއްދަތު:                      6 މަހާއި 8 މަހާ ދެމެދުގެ މުއްދަތެއް.

ބޭނުންވާ އަދަދު:                 1000 (މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 5 ޖާގަ ހިމެނޭގޮތަށް)

މި ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު 11 ސެޕްޓެންބަރު 2014 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޓިވެޓް އޮތޯރިޓީ އަދި އެސް. ޓީ. އޯގެ ކައުންޓަރާއި ވެބްސައިޓުން އަދި އަތޮޅު ކައުންސިލްތަކުން ލިބެން ހުންނާނެއެވެ. ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 15:00ގެ ކުރިން، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (ވެލިޑޭޓް އަދި އެޓެސްޓް ކޮށްފައިވާ) ކޮޕީއާއެކު، އައި.ޑީ. ކާޑު ޓިވެޓް އޮތޯރިޓީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ) (ވެލާނާގެ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. 

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ :

  1. މިނިސްޓްރީ އޮފް އެޑިއުކޭޝަން- ވެބްސައިޓް: www.moe.gov.mv     
  2. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން: ވެބްސައިޓް: www.stomaldives.com      
  3. ޓިވެޓް އޮތޯރިޓީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ކައުންޓަރުންނާއި ވެބްސައިޓުން) ވެބްސައިޓް: www.mqa.gov.mv
  4. އަތޮޅު ކައުންސިލްތަކުން 

15 ޛުލްޤަޢިދާ 1435

10 ސެޕްޓެންބަރު 2014
ހޯދާ