| 
 މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) 
 | 
 މުސާރަ:  4465.00 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް: 1500.00 ރުފިޔާ 
 | 
| 
 ރޭންކް: ޖީ.އެސް 3 
 | 
 ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 1 
 | 
 ބޭނުންވާ އަދަދު: 1 
 | 
| 
 މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު/މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ  
 | 
| 
 ޝަރުޠު:  
1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
 | 
| 
 މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:  
- އޮފީހަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި ކަމާގުޅޭ ފަރާތްތަކާ ގުޅުވައިދިނުން.
 
- ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގެ އެންމެފަހުގެ ތަފްސީލް ހޯދައި، މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
 
- އޮފީހަށް އަންނަ ލިޔެކިއުންތައް ބަލައިގަތުމާއި، ކަމާބެހޭ ސެކްޝަންތަކާ ހަވާލުކުރުން.
 
- އޮފީހަށް ލިބޭ ހުރިހާ އެންޓްރީއެއް ބެލެހެއްޓުމާއި، ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބުދިނުން.
 
- ކައުންޓަރުގެ ފައިލްތައް ބެލެހެއްޓުމާއި އަޕްޑޭޓްކުރުން.
 
- ތަޅުދަނޑި ފޮށި ބެލެހެއްޓުމާއި، ތަޅުދަނޑިތައް ޤަވާއިދުގެ ދަށުން ދޫކުރުން.
 
- ބޭރަށްދާ ނޯޓުކުރާ ފޮތް ބެލެހެއްޓުމާއި، އިތުރުގަޑީގައި މުވައްޒަފުންގެ ގަޑި ޖަހައިދިނުމާއި، ބޭރަށްދާ މުވައްޒަފު ނިމިގެން އައުމުން ނުވަތަ އިތުރުގަޑީގައި ޗެކްކޮށް ސޮއިކުރުން،
 
  | 
| 
 މަޤާމުގެ ނަން: އޮފީސް އެސިސްޓެންޓް (ވަގުތީ) 
 | 
 މުސާރަ:  3470.00 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް: 1000.00 ރުފިޔާ 
 | 
| 
 ރޭންކް: އެސް.އެސް 2 
 | 
 ކްލެސިފިކޭޝަން:    ސަޕޯރޓް ސްޓާފް ގްރޭޑް 2 
 | 
 ބޭނުންވާ އަދަދު: 1 
 | 
| 
 މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު/މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ 
 | 
| 
 ޝަރުޠު:  
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.
 
  | 
| 
 މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:  
- އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
 
- އޮފީހުގެ ތަކެތި ގަތުމަށްޓަކައި ބޭނުންވާ ކޯޓޭޝަންތައް ހޯދުން.
 
- އޮފީހަށް ބޭނުންވާ ތަކެއްޗާއި މުދާ ނެގުމަށް ބޭނުންވާ ޚިދުމަތަށްއެދޭ ފޯމް މިނިސްޓްރީއާ ޙަވާލުކޮށް ޕީއޯ ފޯމް ހޯދުން.
 
- އޮފީހަށް ގެންނަންޖެހޭ މުދާ ނަގައި، ސްޓޮކާއި ހަވާލުވެފައިހުރި މުވައްޒަފާއި ހަވާލުކުރުން.
 
- އޮފީސް ހުޅުވުމާއި، ޑިއުޓީތަކަށް ޤަވާޢިދުން ނުކުތުން.
 
  | 
| 
 މަޤާމުގެ ނަން: މަސައްކަތު (ވަގުތީ) 
 | 
 މުސާރަ:  3100.00 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް: 1000.00 ރުފިޔާ 
 | 
| 
 ރޭންކް: އެސް.އެސް 1 
 | 
 ކްލެސިފިކޭޝަން:    ސަޕޯރޓް ސްޓާފް ގްރޭޑް 1 
 | 
 ބޭނުންވާ އަދަދު: 1 
 | 
| 
 މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް 
 | 
 މަސައްކަތް ކުރަންޖެހޭ ގަޑި: ޝިފްޓް ޑިއުޓީ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެ މަރުކަޒު/މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ 
 | 
| 
 ޝަރުޠު:  
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
 
  | 
| 
 މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:  
- މަރުކަޒުގެ ގޯތިތެރޭގައި ކުނި ނުހުންނާނޭހެން އަބަދުވެސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
 
- އިންޑޯހޯލް، ކުޅިވަރު ހަރުގެ، ޗޭންޖިންގ ރޫމް، އާ ހަރުގޭގައި ހިރަފުސް ނުހުންނާނޭހެން ދުވާލަކު އެއްފަހަރު ކުނިކަހައި ފޮޅައި ސާފުކުރުން.
 
- އިންޑޯ ހޯލުގައި ބޭނުންކުރާ ތުވާލިތައް ދޮވެ ސާފުކުރުމާއި، މޮޕްތައް ތައްޔާރުކުރުން.
 
- ޖިމް، އެރޮބިކްސްގައި ބޭނުންކުރާ މެޓްތައް ދޮވެ އަވީލުމާއި، އެރޮބިކްސް ފްލޯ ހަފުތާއަކު އެއްފަހަރު ދޮވުން.
 
- އައުޓްޑޯ ނެޓްބޯޅަ ކޯޓު ހިމެނޭ ސަރަޙައްދާއި، ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަޙައްދު ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުމާއި، ހަފުތާއަކު އެއްފަހަރު ފުޓުބޯޅަ ދަނޑުގައި ހުންނަ ގާތައްހޮވައި ސާފުކުރުން.
 
- ސްޓީމްބާތާއި ބަދިގެ ފޮޅައި ސާފުކުރުމާއި، ފާޚާނާތައް ހަޑިވިޔަނުދީ ދޮވެ ސާފުކޮށް ބެލެހެއްޓުން.
 
- ބާއްވާ އެކިއެކި މީޓިންގތަކަށް ސައި ހެދުމުގައި އެހީތެރިކަން ދިނުން.
 
- މަރުކަޒުގެ ފަރާތުން ރާވައިގެން ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެކަން ކާމިޔާބު ކަމަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
 
  | 
| 
 ނޯޓް: 
- އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި، އިދާރީ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި އޮފީސް އެސިސްޓެންޓާއި މަސައްކަތު މަޤާމަށް ޝަރުތުހަމަވާ މީހެއް ހޮވުމުގައި، މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 
- މި މަޤާމުތަކުގެ އިންޓަވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.  އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ. 
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ 10 ފަރާތާއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
 
- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ ކޮޕީ).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 
- ސުންގަޑި: 2014 ސެޕްޓެންބަރު 21 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. މި ފޯމް، މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބޭނެ.
 
 
 | 
| 
 ވެބް ސައިޓް އެޑްރެސް: www.youth.gov.mv 
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347465 އަށް.
 
 
 |