މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/6,295 ރ ، ސަރވިސް އެލަވަންސް: -/2,000 ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ހިއުމަން ރިސޯސް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ހިއުމަން ރިސޯސް ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަސައްކަތު އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ދާއިރާތަކަށް ބޭނުންވާ ފޯމުތައް ފޮނުވުމާއި، މުވައްޒަފުންގެ މަސައްކަތުގެ ޓާގެޓް ސެޓްކުރުމަށް ދެންނެވުން.
  2. ފޯމުތައް މިނިސްޓްރީގެ ދާއިރާތަކަށް ފޮނުވުމުގެ ކުރިން ސެކްޝަން 1 ގައިވާ 'މަސައްކަތުގެ ފެންވަރުބެލޭ މުވައްޒަފާއި ބެހޭ މަޢުލޫމާތު" އެ މުވައްޒަފެއްގެ މަޢުލޫމާތު ފައިލުގެ އަސްލު ރިކޯޑުތަކާ އެއްގޮތަށް ފުރިހަމަ ކުރުން.
  3. މަސައްކަތު އަހަރު ކަނޑައެޅިފައިވާ ޓާގެޓް ސެޓްކޮށް މުވައްޒަފުންނާ މުޢާމަލާތު ކުރެވިފައިވޭތޯ ބެލުން.
  4. މަސައްކަތު އަހަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައިގަނޑު މަސައްކަތްތައް ކުރުމަށް މިނިސްޓްރީގެ ދާއިރާތަކުގައި ދެންނެވުން.
  5. ފޯމުތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ފޯމުތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުން.
  6. ދާއިރާގެ މުވައްޒަފުންގެ އަދަދާއި، ޓާގެޓް ކަނޑައެޅިފައިވާ މުވައްޒަފުންނާއި ފޯމުތައް ފުރިފައިވާ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރުން.
  7. ފޯމުތައް ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން އެއްވެސް ފޯމެއް ފުރިހަމަ ކޮށްފައިވަނީ ހަމަޖެހިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ ތަފާތު ގޮތަކަށް ކަމަށް ފެންނަ ނަމަ، ހިޔުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެ ދާއިރާއަކާއި މަޝްވަރާ ކޮށްގެން އެކަންތައްތައް ބަލައި ޙައްލު ކުރުން.
  8. ޕޮއިންޓް ދީފައިވަނީ ދާއިރާތަކަށް ޕޮއިންޓް ދިނުމަށް ފޯމުގައި ކަނޑައެޅިފައިވާ އިންތަކުގެ ތެރެއިންތޯ ނުވަތަ ނޫންތޯ ބަލައި ޗެކު ކުރުން. އަދި ބައެއް ބައިތަކަށް މާމަތިން ނުވަތަ މާ ދަށުން ޕޮއިންޓް ލިބިފައިވާނަމަ، މިކަން ހިޔުމަން ރިސޯސް ޕެނަލްގެ ސަމާލުކަމަށް ގެނައުން.
  9. މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ ގޮތުން އެއްވެސް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅައިފިނަމަ ހިޔުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެ މައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރުން.
  10. މުވައްޒަފުންނަށް ތަމްރީނު ބޭނުންވާ ރޮނގުތައް ފާހަގަކޮށް ޒިންމާދާރު އިސްވެރިޔާއަށާއި ހިޔުމަން ރިސޯސް ޕެނަލްއަށް ހުށަހެޅުން.
  11. ފޯމުތަކުގައިވާ މަޢުލޫމާތުތަކުގެ މައްޗައް ބަލައި، އެ އޮފީހުގެ މުވައްޒަފުންނާ ބެހޭގޮތުން ފާހަގަކުރެވޭ ރަނގަޅު ކަންތަކާއި، ކުރިމަތިވެފައިވާ ދަތިތަކާއި، އުޞޫލީ މައްސަލަތައް ފާހަގަކޮށް، މިނިސްޓްރީގެ ފަރާތުން އިސްލާޙު ކުރަންޖެހޭ ކަންތައްތައް ހިމެނޭގޮތުގެ ރިޕޯޓެއް އެކުލަވާލައި އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހެޅުން.
  12. ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމުތައް ރައްކާތެރިކަމާއެކު ބެލެހެއްޓައި، ފެންވަރު ބެލުނު ފޯމުތައް ބެލެހެއްޓެމުން ދާކަން ކަށަވަރު ކުރުން.
  13. މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައް ދާގޮތް "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައި" ވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނަށް އެންގުން.
  14. މަސައްކަތުގެ ފެންވަރު ބަލައި ނިމުމުން އެ މަސައްކަތާ ބެހޭ ރިޕޯޓު ތައްޔާރުކޮށް ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  15. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއާ ބެހޭ އެންމެހާ ކަންތައްތައް ކުރުން.
  16. ކޯސްތަކުގައި ބައިވެރިވާ މުވައްޒަފުންގެ ރިކޯޑު ބެލެހެއްޓުން.
  17. އެކިއެކި ކޯސްތަކަށް ހޮވޭ މިނިސްޓްރީގެ މުވައްޒަފުންނަށް އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުން.
  18. މިނިސްޓްރީ އާއި ދާއިރާގެ ޓްރެއިނިންގ ރިކްއަމަންޓް އެކުލަވާލައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  19. މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި ތަމްރީނު ކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  20. އިޤުރާރު ކުރެވިގެން ކޯހަށް ފޮނުވޭ މުވައްޒަފުން ޚިދުމަތް ނުކުރުމުން އެފަދަ ފަރާތްތަކުގެ ކަންތައްތައް ބެލުން.
  21. މިނިސްޓްރީގެ ބޭނުމަށް ރާއްޖެއަށް ގެންނަ ބިދޭސީ މުވައްޒަފުންނާއި އަދި މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރެއްވުމަށް ރާއްޖެއަށް ގެންނަ ބިދޭސީ މުވައްޒަފުންގެ ވަރކްޕަރމިޓް ހެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  22. މިނިސްޓްރީގެ ބޭނުމަށް ރާއްޖެއަށް ގެންނަ ބިދޭސީ މުވައްޒަފުންނާއި އަދި މިނިސްޓްރީ އާ ގުޅިގެން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރެއްވުމަށް ރާއްޖެއަށް ގެންނަ ބިދޭސީ މުވައްޒަފުންގެ ޑޭޓާތައް އަޕްޑޭޓުކޮށް ބެލެހެއްޓުން.

މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  • ސުންގަޑި: 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަވިއު އާއި އިމްތިޙާނު ކުރުން 21 ސެޕްޓެންބަރު 2014 އާއި 21 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        13 ޛުލްޤަޢިދާ 1435  

 

 

 

08 ސެޕްޓެންބަރު 2014
ހޯދާ