ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުސަތު

                 މި އިދާރާއަށް މަސައްކަތު މީހަކު ބޭނުންވެގެން ކުރެވުނު ނަމްބަރ: (A)-413/2014/49 އިޢުލާން ބާތިލްކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމް:              މަސައްކަތު

ރޭންކް:              އެސް. އެސް 1  

ކްލެސިފިކޭޝަން:        ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:       ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރންޖެހޭ ތަން: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ

މުސާރަ:             3100.00 ރުފިޔާ

ސަރވިސް އެލަވަންސް:    1000.00 ރުފިޔާ

ބޭނުންވާ ޢަދަދު:        01

ތަޢުލީމާއި ތަޖްރިބާ:

          ލިޔަން ކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލް އިދާރާގެ ތަޅުމާއި، ފަރުނީޗަރތަކާއި، މެޝިނަރީތައް ސާފްކުރުން.
  2. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު  ކައުންސިލް އިދާރާގެ ފާޚާނާތަކާއި، ގިފިލި ސާފުކުރުން.
  3. ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު ކައުންސިލް އިދާރާގެ ގޯތީގެ ކުރިމައްޗާއި، ކުރިމަތީ މަގު ސާފްކުރުން.  
  4. ކޮންމެ ދުވަހަކު ކައުންސިލް އިދާރާގައި ހުންނަ ކުނި ވަށިގަނޑުތައް ހުސްކުރުން.
  5. ކޮންމެ ދުވަހަކު ކައުންސިލް އިދާރާގެ އައިސް އަލަމާރިއަށް ފެންލުމާއި، ކައުންސިލް އިދާރާގެ ވެރިންނަށް ފެން ގެންގޮސް ދިނުމާއި، އައިސް އަލަމާރި ސާފްތާހިރުކޮށް ބެލެހެއްޓުން.
  6. ކޮންމެ ދުވަހަކުވެސް ކައުންސިލް އިދާރާގެ ސައިކޮޓަރީގެ އިންތިޒާމްތައް ސާފްތާހިރުކޮށް ތަރުތީބުން ބެލެހެއްޓުން.  
  7. ކޮންމެ ދުވަހަކުވެސް ކައުންސިލް އިދާރާއިން އަންގަން ޙަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ކައުންސިލް އިދާރާއިން ފޮނުވާތަކެތި އެތަކެތި ލިބެންވީފަރާތާ ޙަވާލުކުރުން.  
  8. މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށާ ސާފްކުރުމާއި، ގޯތިތެރެ ސާފްކޮށް ތަރުތީބުން ބޭއްވުން.
  9. މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ހޮޅިބުރިފަދަ ތަކެތި ސާފްކޮށް ބެލެހެއްޓުން.
  10. މަދުވެގެން މަހަކު އެއްފަހަރު ކައުންސިލުން އަންގާ ގޮތެއްގެމަތިން ކައުންސިލް އިދާރާގެ އޭ. ސީ ސާފްކޮށް ބެލެހެއްޓުން.
  11. މަދުވެގެން ހަފްތާއަކު 1 ފަހަރު ކުނި އުކާލަންޖެހޭ ސަރަހައްދަށް ކުނި އުކާލުން.
  12. މަދުވެގެން މަހަކު 1 ފަހަރު ކައުންސިލް އިދާރާގެ ގިފިލިވަޅު ދިޔަހިއްކުން.
  13. މަދުވެގެން މަހަކު 1 ފަހަރު ކައުންސިލް އިދާރާގެ ފުރާޅާއި ދިޔަދޮވި ސާފްކޮށް ބެލެހެއްޓުމާއި، ސާފް ބޯފެން ނެގޭނެ އިންތިޒާމް ހަމަޖެއްސުން.  
  14. މަދުވެގެން މަހަކު 1 ފަހަރު ތާނގީ އެތެރެ ޗެކްކޮށް  ސާފްކުރަން ޖެހޭނަމަ ސާފްކޮށް ބެލެހެއްޓުން.  
  15. މަދުވެގެން ކޮންމެ 6 މަހުން 1 ފަހަރު ތާނގީދޮވެ ސާފްކުރުން.
  16. ކައުންސިލް އިދާރާގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭތަކެތި ވައްދައި، ނެރެންޖެހޭތަކެތި ނެރެ އެކަމާއިބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.  
  17. ކައުންސިލް އިދާރާ ޒިންމާވާގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށިފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމާއި، އެތަކެތި އެތަންތަނުން ބަނދަރަށް ގެންދިޔުން.
  18. ކުރަންޖެހޭ މަސައްކަތާއި ގުޅިގެން ޙަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  19. ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ކައުންސިލް އިދާރާގެ ވަށަައިގެނވާމަގުގެ 2/1 ބައި ސާފުކޮށް އަބަދަުވެސް ބޭއްވުން.
  20. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތު ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުންފެށިގެން ރަސްމީ 07 ދުވަހުގެ ތެރޭ އިންޓަވިއު އޮންނާނެތަނާއި ގަޑި ޝަރުޠުހަމަވާ ފަރާތްތަކަށް މިއިދާރާގެ ފަރާތުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ސިވިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރުއްވާ ހުށަހަޅުއްވާނީ  18 ސެޕްޓެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ގއ. ގެމަނަފުށީ ކައުންސިލް އިދާރާއަށެވެ.

އުޖޫރައާއި އިނާޔަތް:

  • ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ގެމަނަފުށީ ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ. )
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ )
  3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭން ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި، އީމެއިލް އެޑްރެހާއެކު )
  7. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7787371 ނަމްބަރު ފޯނަށެވެ.

09  ޛުލްޤަޢިދާ  1435

04 ސެޕްޓެންބަރު 2014
ހޯދާ