މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޓޯނާ ކާރޓްރިޖް އަދި ޑްރަމް ޔުނިޓް ސަޕްލައިކޮށްދޭނެ ފަރާތްތަކެއް ހޯދަން

މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ މުއައްސަސާތަކުގެ ސްޓޮކަށް ބޭނުންވާ ޓޯނާ ކާރޓްރިޖް އަދި ޑްރަމް ޔުނިޓް 1 އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ