މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

މިއޮފީހުގެ މުވައްޒަފުން ބޭތިއްބުމަށް ގެއެއް ސ.ފޭދު ނުވަތަ ސ.މަރަދޫފޭދޫ ނުވަތަ ސ.މަރަދޫން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ސައުތު ރީޖަނަލް ކަސްޓަމްސް ހެޑްއޮފީސް (މޯނިންގވާދީ / ސ.މަރަދޫ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ސައުތު ރީޖަނަލް ކަސްޓަމްސް ހެޑްއޮފީސް (މޯނިންގވާދީ / ސ.މަރަދޫ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

08 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ