ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ފުރުޞަތު

ކޮންސަލްޓެންސީ

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގެ މަސައްކަތް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް 'މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލް' އެއް ތައްޔާރުކުރުން.

މަސައްކަތުގެ އަގު

58,500.00 ރުފިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސް، ސޯޝަލް ރިސާރޗް، އިވެލުއޭޝަން ނުވަތަ ސްޓެޓިސްޓިކްސްގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން.
  2.  ޕްލޭނިންގ ނުވަތަ މޮނިޓަރިންގ އެންޑް އިވެލުއޭޝަންގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހުރުން. 
  3. މަލްޓި-ސްޓޭކްހޯލްޑަރ ލެވެލްގެ ވާރކްޝޮޕް ހިންގުމުގެ އަދި  ފޯކަސް ގްރޫޕް ޑިސްކަޝަންސް ފެސިލިޓޭޓްކުރުމުގެ އަދި މިނޫންވެސް އިޖުތިމާޢީ ދިރާސާކުރުމުގެ މެތަޑްތަކަށް ފަރިތަ، ތަޖުރިބާހުރި އަދި ޤާބިލުކަންހުރި ފަރާތަކަށްވުން.
  4. އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަ ދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  5. އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ ބޭނުންކުރަން އެންގުން.
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަ ބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ގެވެށި އަނިޔާ ހުއްޓުވުގެ ޤައުމީ ސިޔާސަތު ތަންފީޒުކުރެވޭ މިންގަނޑު ދެނެގަތުމުގެ ގޮތުން 'މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލް' އެއް ތައްޔާރުކުރުން.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ވިދާޅުވެލެއްވުމަށް ތިރީގައި މިވާ ލިންކަށް ވަޑައިގެންނެވުން އެދެމެވެ.  http://fpa.gov.mv/dh/images/upload/PRINT%20READY%20Domestic%20Violence%20National%20Strategy%2019-05-%202014.pdf

މި ކޮންސަލްޓަންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއެކު މި މަސައްކަތް ކުރުމަށް ރާވާ ގޮތް (ޕްރޮޕޯޒަލް)، ހުށަހަޅަން ވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ)

ނޯޓު:

-  މަތީގައިވާ ކޮންސަލްޓެންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-  މި ކޮންސަލްޓެންސީއަކީ ކޮންޓްރެކްޓް އުސޫލުން 04 ހަފްތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ.

-  ކޮންސަލްޓެންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

މި ކޮންސަލްޓެންސީއަށް އެދިލައްވާ ފަރާތްތަކުން ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް 21 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީގެ ރިސެޕްޝަނަށް (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު؛

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

08 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ