ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މި އިދާރާއަށް މަސައްކަތު މީހަކު ބޭނުންވެގެން ކުރެވުނު ނަންބަރު: A)-413/2014/49) އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: މަސައްކަތު

ރޭންކް: އެސް. އެސް 1  

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރންޖެހޭ ތަން: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ

މުސާރަ: 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

ބޭނުންވާ އަދަދު: 01

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލްގެ އިދާރާގެ ތަޅުމާއި، ފަރުނީޗަރތަކާއި، މެޝިނަރީތައް ސާފުކުރުން.
  2. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލްގެ އިދާރާގެ ފާޚާނާތަކާއި، ގިފިލި ސާފުކުރުން.
  3. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކައުންސިލްގެ އިދާރާގެ ގޯތީގެ ކުރިމައްޗާއި، ކުރިމަތީ މަގު ސާފުކުރުން.  
  4. ކޮންމެ ދުވަހަކު ކައުންސިލް އިދާރާގައި ހުންނަ ކުނި ވަށިގަނޑުތައް ހުސްކުރުން.
  5. ކޮންމެ ދުވަހަކު ކައުންސިލްގެ އިދާރާގެ އައިސް އަލަމާރިއަށް ފެންލުމާއި، ކައުންސިލްގެ އިދާރާގެ ވެރިންނަށް ފެން ގެންގޮސް ދިނުމާއި، އައިސް އަލަމާރި ސާފުތާހިރުކޮށް ބެލެހެއްޓުން.
  6. ކޮންމެ ދުވަހަކު ވެސް ކައުންސިލްގެ އިދާރާގެ ސައިކޮޓަރީގެ އިންތިޒާމްތައް ސާފުތާހިރުކޮށް ތަރުތީބުން ބެލެހެއްޓުން.  
  7. ކޮންމެ ދުވަހަކު ވެސް ކައުންސިލް އިދާރާއިން އަންގަން ޙަވާލުކުރާ އެންގުންތައް މީހުންނަށް އަންގައި، ކައުންސިލްގެ އިދާރާއިން ފޮނުވާ ތަކެތި އެ ތަކެތި ލިބެންވީ ފަރާތާ ޙަވާލުކުރުން.  
  8. މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހުންނަ ގަސްތައް ކޮށައި ސާފުކުރުމާއި، ގޯތިތެރެ ސާފުކޮށް ތަރުތީބުން ބޭއްވުން.
  9. މަދުވެގެން ހަފްތާއަކު އެއްފަހަރު ކައުންސިލްގެ އިދާރާގެ ފާރުތަކާއި، ދޮރާއި، ސީލިންގާއި، ބިއްލޫރިތަކާއި، ފަންކާއާއި، ހޮޅިބުރިފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  10. މަދުވެގެން މަހަކު އެއްފަހަރު ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކައުންސިލްގެ އިދާރާގެ އޭ.ސީ ސާފުކޮށް ބެލެހެއްޓުން.
  11. މަދުވެގެން ހަފްތާއަކު 1 ފަހަރު ކުނި އުކާލަންޖެހޭ ސަރަހައްދަށް ކުނި އުކާލުން.
  12. މަދުވެގެން މަހަކު 1 ފަހަރު ކައުންސިލްގެ އިދާރާގެ ގިފިލިވަޅު ދިޔަހިއްކުން.
  13. މަދުވެގެން މަހަކު 1 ފަހަރު ކައުންސިލްގެ އިދާރާގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ބެލެހެއްޓުމާއި، ސާފު ބޯފެން ނެގޭނެ އިންތިޒާމް ހަމަޖެއްސުން.  
  14. މަދުވެގެން މަހަކު 1 ފަހަރު ތާނގީ އެތެރެ ޗެކުކޮށް ސާފުކުރަން ޖެހޭނަމަ ސާފުކޮށް ބެލެހެއްޓުން.  
  15. މަދުވެގެން ކޮންމެ 6 މަހުން 1 ފަހަރު ތާނގީދޮވެ ސާފުކުރުން.
  16. ކައުންސިލްގެ އިދާރާގެ ގުދަންތައް ބެލެހެއްޓުމާއި، ގުދަނަށް ވައްދަންޖެހޭ ތަކެތި ވައްދައި، ނެރެންޖެހޭ ތަކެތި ނެރެ އެކަމާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.  
  17. ކައުންސިލް އިދާރާ ޒިންމާވާ ގޮތަށް ރަށްރަށުން ވަޑައިގަންނަވާ ބޭފުޅުންގެ ފޮށިފަދަ ތަކެތި ގެންދަންޖެހޭ ތަނަކަށް ގެންދިޔުމާއި، އެތަކެތި އެތަންތަނުން ބަނދަރަށް ގެންދިޔުން.
  18. ކުރަންޖެހޭ މަސައްކަތާ ގުޅިގެން ޙަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  19. ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި، ކައުންސިލްގެ އިދާރާގެ ވަށަައިގެންވާމަގުގެ 1/2 ބައި ސާފުކޮށް އަބަދަުވެސް ބޭއްވުން.
  20. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތު ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭ އިންޓަވިއު އޮންނާނެ ތަނާއި ގަޑި ޝަރުޠުހަމަވާ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ސިވިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވާ ހުށަހަޅުއްވާނީ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ގއ. ގެމަނަފުށީ ކައުންސިލް އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތް:

  • ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ގެމަނަފުށީ ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  7. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7787371 ނަންބަރު ފޯނަށެވެ.

9 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ