މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވޮޗަރ

މަޤާމު:

ވޮޗަރ

ރޭންކް: އެސް.އެސް 1

އަދަދު:

01 (އެކެއް)

މަސަައްކަތް ކުރަންޖެހޭ ތަން:

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

-/3100 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އަދި ޖުޑިޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައީސާ ދެވޭނެއެވެ. އަދި މީގެ އިތުރުން ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.

އަސާސީ ޝަރުޠު:

1. ދިވެހި ރައްޔިތަކަށްވުން.

2. ލިޔަންކިޔަން އެނގޭ މީހަކު ކަމުގައިވުން

3. ޢުމުރުން 18 އަހަރު ފުރިފައިވާ އަދި 55 އަހަރު ނުފުރޭ، ވަޒީފާއަދާ ކުރެވޭފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ޑިއުޓީތަކަށް ބަރާބަރަށް ނުކުތުން

2. ޑިއުޓީކުރަން ފެށުމުގެ ކުރިން ކޯޓުގެ ޢިމާރާތުގެ ދޮރުތައް ތަޅުލާފައިވޭތޯ ބަލައި ޗެކުކުރުމާއި އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ޗެކުކުރުން

3. ކޯޓުގެ ޢިމާރާތާއި ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން

4. ހަމަޖެހިފައިވާ އުޞޫލާ ޚިލާފަށް ކޯޓުގެ ގޯތި ތެރެއަށް ތަކެތިި ވެއްދުމާއި ތަކެތި ބޭރުކުރިއަ ނުދިނުން

5. ޢިމާރާތާއި ގޯއްޗަށް އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ނުވަތަ ބަޔަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ، އެކަމުން ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން

6. މީގެ އިތުރުންވެސް ކޯޓުން އަންގާ މަސައްކަތްތަށް އަންގައިފި ހިނދެއްގައި ކުރުން

ހުށަހަޅަންޖެހޭ ތަކެތި:

1. ކުރިމަތިލައްވާފައިވާ ފަރާތުގެ ވަނަވަރު

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ (އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާއާއި މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކު އަދި އަދާކުރާ މަސްއޫލިއްޔަތު މިލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

ސުންގަޑި:

10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 13.30 ގެކުރިން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ކޮޕީ ހުށަހަޅަންޖެހޭ ތަކެތީގެ އަސްލު އިންޓަވިއު އަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

01 ސެޕްޓެންބަރު 2014
ހޯދާ