ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ (އެމް.އެސް 3)

މަޤާމު އަދި ރޭންކު:

އެޑްމިނިސްޓްރޭޓަރ (އެމް.އެސް 3) 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ގިންތި:

ދާއިމީ

އިތުރު ގަޑި:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް

ނަޑެއްލާ ސުކޫލް ، އެޑްމިނިސްޓްރޭޓިވް ސެކްޝަން

އަސާސީ ޝަރުޠު: 

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހާއި އެހެނިހެން ތަންތަނާއި ޢިމާރަތްތައް ހުޅުވައި ބަންދުކުރުމާއި ރަސްމީގަޑީ އަދި އިތުރުގަޑީގެ ހާޒިރީތައް ތައްޔާރުކޮށް ފޮތްތައް ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓު ތައްޔާރުކުރުވައި ކަމާބެހޭ ފަރާތަކަށް ފޮނުވުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން .
  2. ސްކޫލުގެ ބަޖެޓާއި، އެކިއެކި ފަންޑުތަކާއި، ބޭންކުގައި ހުޅުވާފައި ހުންނަ ސްކޫލުގެ އެންމެހައި އެކައުންޓުތަކާއި، އެނޫނަސް ސްކޫލަށް ވަދެ ނިކުންނަ ކޮންމެ ފައިސާއަކާ ބެހޭ އެންމެހައި ކަންތައްތައް ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ އުޞޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާވައި، ހިންގައި ބެލެހެއްޓުން. އަދި ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެންމެހައި ކަންތައްތައް، އޮމާންކަމާއެކު ހިންގުމަށްޓަކައި އިދާރީގޮތުން ހަމަޖެހިފައި ހުންނަންޖެހޭ އެންމެހައި ކަންތައް ހަމަޖެހި އިންތިޒާމްވެފައި ވާކަން ކަށަވަރުކޮށް، އެކަން ހިންގައި ބެލެހެއްޓުން.
  3. ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި، މުދަލާއި، ސްކޫލަށް މިލްކުވެގެންވާނަމަ ވާހައި ރުއްގަހަކާއި، ބިންތައް، ރައްކާތެރިކަމާއި، ސާފުތާހިރުކަމާއެކު ގެންގުޅެ ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، އެކަން ހިންގައި ބެލެހެއްޓުން އަދި ކުދީންނާއި، މުވައްޒަފުންގެ ބޯފެނާއި، ފާޚާނާގެ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން. 
  4. ސްކޫލުގައި ހިނގާ ޙަރަކާތްތަކާއި، މުވައްޒަފުންގެ މަސައްކަތާ ބެހޭ އެންމެހައި ކަންތައްތައް ރިކޯޑުކުރެވި، އެނަލައިޒްކޮށް ރައްކާކުރެވި، ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެހެން އިންތިޒާމުތައް ކުރެވިފައި ހުރުމާއި، ސްކޫލުގެ ތާރީޚަށްޓަކައި، އުފައްދައި ރައްކާކުރަންޖެހޭ ލިއުންތަކާއި، ފޮޓޯތަކާއި، ރިޕޯޓުތައް، އުފައްދައި ގެންގުޅެ، ފަހަށް ރައްކާކުރަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، މިކަން ހިންގައި ބެލެހެއްޓުމާއި އަދި އިދާރީ މުވައްޒަފުންނާއި، މަސައްކަތު މީހުންގެ މެދުގައި މަސައްކަތް ބެހުމާއި ފަސޭހަކަމާއެކު ސްކޫލްގެ މަސައްކަތް ކުރެވޭނޭ އިންތިޒާމުތައް ހަމަޖެއްސުމާއި، މުވައްޒަފުންނާގުޅިގެން ކުރަންޖެހޭކަމަށް ސިވިލްސާރވިސްގެ ގަވާއިދުގައި ބުނާ އެންމެހައި ކަންތައްތައް ހިންގައި ރާވައި ބެލެހެއްޓުން.

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެނވަރާއި، ޤާބިލުކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ތަކެތި

-  ސިވިލް ސާރވިސް ވަޒީފާ އަށް އެދޭ ފޯމު .

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ )

- ސިވިލް ސާވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެގޭނޭ ރަސްމީ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) އީމެއިލް އެޑުރެހާއި ގުޅޭނެފޯން ނަންބަރާއެކު

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

އިންޓަވިއު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި ހުށަހެޅުނު އެޕްލިކޭޝަންސްތައް ސްކްރީން ކުރުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

އަދި ހުށަހެޅުނު އެޕްލިކޭޝަންސްތައް ސްކްރީން ކުރުމަށްފަހު ޝަރުޠު ހަމަނުވާ ފަރާތްތަކަށްވެސް އެކަން ލިޔުމުން އެންގޭނެއެވެ.

ސުންގަޑި :

09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ނަޑެއްލާ ސުކޫލް އޮފީހަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ 7983088 ނަންބަރު ފޯނާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2014
ހޯދާ