ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރު: IUL)168-CA/1/2014/33) ގައިވާ ޕޮލިސީ އޮފިސަރ އަދި އެސިސްޓެންޓް ޕޮލިސީ އޮފިސަރުގެ މަޤާމުގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅިގެން މި ދެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

ޕޮލިސީ އޮފިސަރ

(1 އަހަރު ދުވަހުގެ މުއްދަތަށް)

 


01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ  ސަނަދު ހާސިލު ކޮށްފައިވުން އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން  މެންދުރުފަހުގެ 15:00  އަށް،

 


މަހަކު

-/10,550 ރުފިޔާ

  • ލީގަލް އެންޑް ޕޮލިސީ ޑިޕާރޓްމަންޓުގެ ޕޮލިސީ ޔުނިޓުގެ އެންމެހާ ކަންތައް ޑިރެކްޓަރުގެ ލަފާގެ މަތިން ރާވައި ހިންގުން.
  • މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅޭ އެކަށޭނަ ސިޔާސަތުތަކަކީ ކޮބައިތޯ ބަލައި އެފަދަ ސިޔާސަތުތަކާއި ގުޅޭގޮތުން ލަފައާއި އިރުޝާދު ދިނުމާއި ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލައި އެކަށައެޅުމުގައި ޢަމަލީގޮތުން މަސައްކަތް ކުރުން،
  • ސަރުކާރުންނާއި އެހެނިހެން އިދާރާތަކުން ކޮމިޝަނުން އެކުލަވާލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް ޑިރެކްޓަރުގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން

އެސިސްޓެންޓް ޕޮލިސީ އޮފިސަރ

(1 އަހަރު ދުވަހުގެ މުއްދަތަށް)

 

 

 

01

މަސައްކަތާ ގުޅޭދާއިރާއިން ޑިޕްލޮމާ ހާސިލު ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލު ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން  މެންދުރުފަހުގެ 15:00  އަށް،

 


މަހަކު

-/9,550 ރުފިޔާ

  • ކޮމިޝަނުން ޢަމަލުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލައި އެކަށައެޅުމުގައި ޕޮލިސީ އޮފިސަރުގެ މަޝްވަރާގެ މަތިން ޢަމަލީގޮތުން މަސައްކަތް ކުރުން؛
  • ސަރުކާރުންނާއި އެހެނިހެން އިދާރާތަކުންނާއި ކޮމިޝަނުން އެކުލަވާލާ އިންސާނީ ޙައްޤުތަކާގުޅޭ ސިޔާސަތުތައް ދިރާސާކޮށް ޕޮލިސީ އޮފިސަރުގެ ލަފާގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 07 ވަނަ ސަނަދު ހާސިލު ކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އޮފިސަރުގެ މަޤާމުގައި މަދުވެގެން 4 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން  މެންދުރުފަހުގެ 15:00  އަށް،

-/11550

  • ހިއުމަން ރިސޯސް އާބެހޭ އެންމެހައި މަސައްކަތްތައް ޑިރެކްޓަރުގެ ލަފާގެމަތިން ރާވައި ހިންގުން،
  • މުވައްޒަފުންގެ ފެންވެރު ބެލުމުގެ ނިޒާމް ޤާއިމުކޮށް، މި ނިޒާމަށް މުވައްޒަފުން އަހުލުވެރިކުރުން އަދި މަސައްކަތްތައް ކޮށް، ހަރުދަނާކޮށް، މިނިޒާމުގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ޑިރެކްޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، މުސާރައިގެ އިތުރުން ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލުން ސަރވިސް އެލަވަންސް ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތް ކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް ސާރވިސް އެލަވަންސް ހަމަޖެހިފައިވާ އުސޫލުން މެދުނުކެނޑި ލިބޭނެއެވެ. 

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި:  2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3003152، 3003140 ނަންބަރުގެ ފޯނަށެވެ.

                                                07 ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014
ހޯދާ