ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްއަވަށު މަސްޖިދުލް ޙަސަންގެ އިސްކުރުބަރީގެ މުށިބަދަލުކުރުމާއި، މިހާރު ހުރި ފާޚާނާ ބޮޑުކުރުމުގެ އިތުރުން ގުދަނެއް ހެދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ފަރެސްއަވަށު މަސްޖިދުލް ޙަސަންގެ އިސްކުރުބަރީގެ މުށި ބަދަލުކުރުމާއި، މިހާރު ހުރި ފާޚާނާ ބޮޑުކުރުމުގެ އިތުރުން ގުދަނެއް ހެދުމަށް ބޭނުންވާތީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 14:00 އަށް ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 14:00 އަށް ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ފަރެސްއަވަށު މަސްޖިދުލް ޙަސަން މަރާމާތު ކުރުމުގެ މަޝްރޫޢު" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ފޯމާ ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

06  ޛުލްޤަޢިދާ  1435

01 ސެޕްޓެންބަރު 2014
ހޯދާ