މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިކަމުގެ ޚިދުމަތް ދިނުމަށް ހެދިފައިވާ ގަވާއިދުތަކަށް އުސޫލުތަކެއް ހެދުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުޒަކީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާއިން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ރަށްވެހިކަމުގެ ޚިދުމަތް ދިނުމަށް ހެދިފައިވާ 19 ގަވާއިދަށް އަމަލުކުރާނޭ އުސޫލުތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ން 11:00 އާ ދެމެދު ފޯނުން ނުވަތަ މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް އަންދާސީހިސާބު ހިއްޕަވައިގެން ކައުންސިލުގެ އިދާރާއަށް ދުރުވުން، ނުވަތަ ކައުންސިލުގެ އިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ކައުންސިލުގެ އިދާރާއަށް ފެކްސް ކުރެއްވުން އެދެމެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް ކައުންސިލުގެ މެންބަރު އަލްފާޟިލް މުޙައްމަދު ރާމިޒު 7784775 ނުވަތަ ކައުންސިލުގެ އިދާރާގެ ފޯން ނަންބަރު 6608303 އާ ގުޅުއްވުން އެދެމެވެ.

އުސޫލުތައް ހެދުމަށް ބޭނުންވާ ގަވާއިދުތައް:

  1. ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު
  2. ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު
  3. އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމާއި، ބޭނުންކުރުމާ ބެހޭ ގަވާއިދާއި، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކުކުރުމާއި، ޕާކުކުރުމުގެ ފީނެގުމާބެހޭ ގަވާއިދު
  4. ގޭގެ ފުރާޅުން މަގުމައްޗައް އަންނަ ފެން ހިންދުމާ ބެހޭ ގަވާއިދު
  5. ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާގޮތަށް މުދަލާއި ތަކެތި ބެލެހެއްޓުމާބެހޭ ގަވާއިދު
  6. ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ޢާންމު ތަންތަނުގައި ފިލްމް ނަގަން ހުއްދަ ދިނުމާބެހޭ ފީނެގުމާބެހޭ ގަވާއިދު
  7. ގޯތި ގެދޮރާއި ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު
  8. ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދު
  9. މަގުފާރު އަދި އިންފާރު ތަޅާލުމާބެހޭ ގަވާއިދު
  10. މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ގަވާއިދު
  11. ކަނޑުތޮށްޓާއި އެއްގަމު ތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު
  12. ކުނިއުކާލުމާއި، ކުނި ނައްތާލުމާބެހޭ ގަވާއިދު
  13. ލައުޑް ސްޕީކަރ ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު
  14. ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު
  15. ގޭގެއިން މަގު ހުރަހަށް ދަނޑި، ދަނގަޑު ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު
  16. މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު
  17. ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދު
  18. އޮޑިހަރުގެއާ ބެހޭ ގަވާއިދު
  19. ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވާއިދު

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014
ހޯދާ