ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ ކައުންސިލް އޮފީހުގެ އިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު

މިއޮތޯރިޓީން ހިންގަމުންގެންދާ ގއ. ކޮލަމާފުށީ ކައުންސިލް އޮފީހުގެ އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާން IUL)221-PP/221/2014/37) އާ ގުޅިގެން އެކަށީގެންވާވަރުގެ އަންދާސީހިސާބެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، ގއ. ކޮލަމާފުށީ ކައުންސިލް އޮފީހުގެ އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގއ. ކޮލަމާފުށީ ކައުންސިލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ސެޕްޓެންަބރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ގއ. ކޮލަމާފުށީ ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

                                    9 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ