ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

                                އިޢުލާން

މި އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:          މަސައްކަތު

މަޤާމުގެ ނަންބަރު:      217972

ރޭންކް:            އެސް.އެސް 1

ކްލެސިފިކޭޝަން:      ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/އިދާރާ:      ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާ

ސެކްޝަން:           މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭތަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައި

މުސާރަ:           3,100.00 ރުފިޔާ

ސަރވިސް އެލަވަންސް:  1,000.00 ރުފިޔާ                                               

ބޭނުންވާ ޢަދަދު:       1 (އެކެއް)

މަޤާމުގެ ޝަރުތު:  ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

 

އިދާރާއިން ހަވާލުކުރެވޭ މިސްކިތް ފޮޅާ ސާފުކޮށް، މިސްކިތުގައި ކުރަންޖެހޭ ކަންކަން ކޮށް، މިސްކިތުގެ ގޯތިތެރެއާއި ވަށާފާރުގެ ބޭރުން މަގުމައްޗަށްވީ ފަރާތް ވިނަނޮޅައި ކުނިކަހައި ސާފުކުރުމާއި، މިސްކިތު ގޯތިތެރޭގައި ހުރި ވަޅު މަހަކު އެއްފަހަރު ދިޔަހިއްކުމާއި، އަ މިސްކިތު ގޯތިތެރޭގައި ހުރި އެންމެހައި ތަންތަން ސާފުކޮށް ބެލެހެއްޓުން. އަދި ހަމަޖެހިފައިވާ އުސޫލުން ނަމާދު ވަގުތުތަކަށާއި އެހެނިހެން މަސައްކަތްތަކަށް ކައުންސިލުގެ އިދާރާއިން އަންގާ ގޮތެއްގެމަތިން މިސްކިތަށް ހާޒިރުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރައްވަން  ފައްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެމަތިން

އިންޓަރވިއު އޮންނާނެ ތަނާއި، ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނޭނެ ތާރީޚާއި ގަޑިއެއް ލިޔުމުން ފަހުން އަންގާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2014 ސެޕްޓެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ޤަވާޢިދުގައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު، މި އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ((www.csc.gov.mv ލިބެން ހުންނާނެ)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލައިގެން މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500012 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500017 އެވެ. އީ މެއިލްކުރާނީ [email protected]  އަށެވެ.

                     30 ޝައްޥާލް 1435

26 އޮގަސްޓް 2014
ހޯދާ