އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެލްމެނިއަމް ނުވަތަ ފައިބަރ ލޯންޗެއް ގަތުމަށް

މި ކައުންސިލުގެ އިދާރާއަށް 50 ނުވަތަ 60 ޕަސެންޖަރުންގެ ޖާގައިގެ އިންބޯޑު އިންޖީނު އަޅާފައިވާ ގަޑިއަކު 28 ނުވަތަ 32 ނޯޓިކަލް މޭލަށް ދަތުރުކުރާ އެއަރކޯން ކުރެވިފައިވާ އެލްމެނިއަމް ނުވަތަ ފައިބަރ ލޯންޗެއް ގަތުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުގައި ލޯންޗްގެ ކުރެހުމާއި، ދިގުމިން، ފުޅާމިން، ފުންމިން، ކޮޑިމީޓަރ، ގްރޮސްޓަނޭޖް، އޮޑީގެ ބާވަތް، ފަށަން ބެހެއްޓި ތާރީޚު، އުޅަނދު ބަނދެ ނިމުނު ތާރީޚު، އިންޖީނުގެ އަދަދު، އިންޖީނުގެ ބްރޭންޑް، އިންޖީނު ބޭނުންކުރި ދުވަހުގެ އަދަދު، ހަކަތައިގެ ބާވަތް ހިމަނުއްވަންވާނެއެވެ. އަދި ލޯންޗުގައި މުއާޞަލާތީ އެކްވިޕްމެންޓްސް އާއި، ސަލާމަތީ އާލަތްތައް ފުރިހަމައަށް ހުރި އުޅަނދެއްކަމުގައި ވާންވާނެއެވެ.

އަންދާސީހިސާބުތައް އިވެލިއުޓްކުރުމުގާ މާކްސްދޭނެ ކަންތައްތައް:

#

ތަފުސީލު

މާކްސް (%)

1

ލޯންޗުގެ އަގު( އިންޖީނާއެކު ):(ޖީ.އެސް.ޓީ/އެހެން ކޮމިޝަނެއްވާނަމަ އަގުގެ ތެރެއިން ވަކިން އެބައި އެނގޭ ގޮތަށް)

35

2

ނޯޓިކަލް މޭލަކަށް ތެޔޮ އަނދާވަރު:

15

3

ހަލްގަނޑުގެ މުއްދަތަށް: ( ހަލްގަނޑު ބޭނުންކޮށްފައިވާ އެންމެ ކުޑަ މުއްދަތު )

10

4

އިންޖީނުގެ މުއްދަތަށް: ( އިންޖީނުގެ ބޭނުންކޮށްފައިވާ އެންމެ ކުޑަ މުއްދަތު )

10

5

ސްޕީޑް:

10

6

ޕަސެންޖަރުންގެ ޖާގައަށް: ( އެންމެ ގިނައިން ޕަސެންޖަރުންގެ ޖާގަ ހުރި އުޅަނދަށް )

10

6

މިފަދަ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މުއްދަތު: (މުއްދަތާއި ކޮށްފައިވާ މަސައްކަތްތައް)

5

7

ފައިސާ ދައްކަން ހުށަހަޅާ ގޮތްތައް: ( ޕޭމަންޓް ދެއްކުމަށް ދޭ މުއްދަތުތައް )

5

 

100

ވީމާ، މި އިދާރާއަށް 50 ނުވަތަ 60 ޕަސެންޖަރުންގެ ޖާގައިގެ އިންބޯޑު އަޅާފައިވާ ( ޑީސަލް އަޅައިގެން ދުއްވާ ) ގަޑިއަކު 28 ނުވަތަ 32 ނޯޓިކަލް މޭލަށް ދަތުރުކުރާ ލޯންޗެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2014 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަނުގެ ސްޓޭމްޕާއި، ވެރިޔެއްގެ ނަމާއި ސޮއި އަދި ކޮންޓެކްޓް ނަންބަރު އޮންނަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުންވެސް އޮންނާނީ 2014 ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގައެވެ. މިގޮތުން ހުށަހެޅޭ އަންދާސީހިސާބުތައް ހުށަހަޅާ ފަރާތުން ބާޠިލު ކުރެވޭނީ 30 ދުވަސްވުމަށް ފަހުގައެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުނީގެ މަޢުލޫމާތުތައްވެސް ހުށަހެޅުއްވަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ