ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
80 ފޫޓަށްވުރެ ކުޑަ ނޫން ދޯންޏެއް ކުއްޔަށް ހިފަން

އަންދާސީހިސާބު ބޭނުންވެއްޖެ

ކ.ތިލަފުށިން ށ.މިލަންދޫއަށް ކޮންނަބޯޓު ގެންދިއުމަށް 80 ފޫޓަށްވުރެ ކުޑަ ނޫން ދޯންޏެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ, މިކަން ކޮށްދެއްވާނެ ފަރާތްތަކުން 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުއްވުން އެދެމެވެ.

01 ޛުލްޤަޢިދާ 1435     

27 އޮގަސްޓް 2014
ހޯދާ