ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ފުރުޞަތު

ރިޓްސުމެއިކަން ޔުނިވަރސިޓީ- ޖަޕާން

ޖަޕާންގެ ރިޓްސުމެއިކަން ޔުނިވަރސިޓީން 2015 ވަނަ އަހަރުގެ ސްޕްރިންގގައި ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރޒް ޕްރޮގްރާމްތަކާއި އެޔުނިވަރސިޓީގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެޔުނިވަރސިޓީން އަންގަވާފައިވެއެވެ.

މިކޯސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ކުރައްވަންޖެހޭނީ ކޯހުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުން އަމިއްލައަށެވެ.

ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

http://www.ritsumei.ac.jp/ir/eng/

http://www.ritsumei.ac.jp/gsir/eng/

Email: [email protected]

24 އޮގަސްޓް 2014
ހޯދާ