ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
މިކޮމިޝަނުގެ އޮފީސް ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުން

މިކޮމިޝަނުގެ އޮފީސް ހިންގުމަށް 2500 އާއި 3500 އަކަފޫޓާ ދެމެދުގެ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކޮމިޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުއްޔަށް ދޫކުރާ އިމާރާތް ހުންނަންވީ ރަށް

މާލެ

ކުއްޔަށް ދޫކުރާ ޢިމާރާތާބެހޭ ތަފުސީލު

 • ޢިމާރާތުގެ ބޮޑުމިން ބަޔާންކުރުން
 • ޢިމާރާތުގެ ކުރެހުން
 • ޢިމާރާތުގެ ފުރިހަމަ އެޑްރެސް
 • ޢިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
 • ޢިމާރާތުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށް ޖެހޭ މިންވަރު އަދި ޖުމުލަ އަގު ހިމެނޭގޮތަށް)
 • ޢިމާރާތް ކުއްޔަށް ދެވޭނެ މުއްދަތު

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

 • ކުއްޔަށް  ދޭތަނަށް މަގުމަތިން ވަކިން ވަދެވޭގޮތަށް ހުންނަންވާނެއެވެ.
 • ކުއްޔަށް ދެނީ 2 ވަނަ ފަންގިފިލައިން ފެށިގެން މަތީ ފަންގިފިލައެއް ނަމަ ޢިމާރާތުގައި ލިފްޓް ހުންނަންވާނެއެވެ.
 • ޢިމާރާތުގައި ބޭނުންކުރުމަށްޓަކައި ވަކި ކަރަންޓާއި ފެން މީޓަރު  ހުންނަންވާނެއެވެ.
 • ޢިމާރާތް ހުންނަންވާނީ އެއަރކޮންޑިޝަން ކޮށްފައެވެ.
 • ކުއްޔަށް ދޫކުރާ ޢިމާރާތުގައި މަދުވެގެން 3 ފާޚާނާ ހުންނަންވާނެއެވެ.
 • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުންކުރެވޭ ގޮތަށް ކޮށްފައިވާ ޢިމާރާތަކަށް ވާންވާނެއެވެ.
 • ކުއްޔަށް ދޫކުރާ ޢިމާރާތުގެ ފާރުތަކުގައި ރެނދުލުމާއި، ކުލަފޭބުމާއި، ޓައިލްސްތައް ފެޅުން ފަދަ ކަމެއް ހުރެގެންނުވާާނެއެވެ.

ހުށަހަޅަންޖެހޭ އިތުރު މަޢްލޫމާތު

 • އަންދާސީހިސާބު ހުށަހަޅުއްވާއިރު، ކުއްޔަށް ދޫކުރާފަރާތާއި ޢިމާރާތާ ދެމެދު އޮތް ގުޅުން އެނގޭނޭ ފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ކުއްޔަށް ދޫކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

 • އަގު: %55
 • ޢިމާރާތްކުރެވިފައިވާ ސަރަޙައްދު % 10
 • ޢިމާރާތުގެ ޢުމުރު: % 10
 • އޮފީސް ހިންގުމަށް އެކަށީގެންވާ މިންވަރު: %25
28 އޮގަސްޓް 2014
ހޯދާ