ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މި އިދާރާގެ މިދަންނަވާ މަޤާމަށް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ވަގުތީ ގޮތުން މުވައްޒަފެއް ބޭނުންވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ އެމް.އެސް 01 ރޭންކުގެ ޝަރުޠު ހަމަވާ މީހަކު ލިބިއްޖެނަމަ، ވަގުތީ ވަޒީފާގައި ހުރި މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ.

މަޤާމު:

އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 (ރޭންކް: ޖީ.އެސް 03)

މުސާރަ:

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / (އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް)

ތަޢުލީމާއި ތަޖުރިބާ:

  1. އިންފްރާންސްޓަރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅޭ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު، ރިސަރޗް، މޮނިޓަރިންގ ދާއިރާއިން ނުވަތަ އެއާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަތޮޅު ކައުންސިލުން ނަގާ ލޯނުތަކުގެ ހިސާބުތައް ލިޔެ ބެލެހެއްޓުން.
  2. އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅުކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާ ވިޔަފާރީގެ މުޢާމަލާތް ކުރުމަށް ކުރަންޖެހޭ ކަންކަންކޮށް ވިޔަފާރި ފުޅާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. އަތޮޅު ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގުރާމުތަކަށް ފަންޑް ހޯދުމަށް ޕްރޮޕޯސަލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
  4. އަތޮޅު ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގުރާމުތައް ހިންގާނެ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް އެ ފަރާތްތަކާއެކު އެގްރީމެންޓުތައް ހެދުން.
  5. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި، މުނިސިޕަލް ސެކިއުރިޓީ ފަދަ މާލީ ސެކިއުރިޓީތައް އެކަށައަޅައި އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުމާ ބެހޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  6. ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި، ފަޅު ހޯދުމާއި، އެފަދަ ތަންތަން ކުއްޔަށް ދިނުމާއި، އިންވެސްޓު ކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކުކުރުމާއި ގުޅޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުން.
  7. އަތޮޅު އިސްޓޯރާއި އަދި މިނޫނަސް ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގުރާމުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލާ އިޞްލާޙު ކުރަންޖެހޭ ކަންކަމަށް ދުވަހުން ދުވަހަށް ފިޔަވަޅުއެޅުން.
  8. ކައުންސިލަށް އާމްދަނީ ލިބޭ ވަޞީލަތްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
  9. ކައުންސިލަށް ދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 14.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމު (ފޯމު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން (www.faaf.gov.mv) ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  5. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އެ ވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  7. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލު އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

މި މަޤާމުތަކަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބެލެވޭނީ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއު އިން އެންމެމަތީ މާކްސް ހޯދާ މީހެކެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅުއްވާ ފަރާތްތަކަށް މަސައްކަތުގެ ފެންވަރު ބަލާ ފޯމުން ފާއިތުވީ އަހަރު ހޯދި ނަތީޖާއާއި، ހާޒިރީ އާއި، އުޅުމާއި އަޚުލާޤަށް ބަލައި ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދެވޭނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުން 2014 ސެޕްޓެންބަރު 10 ވަނަ ދުވަހުން ފެށިގެން މި އިދާރާގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެ ތިބުމަށް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އޮފީހުގެ ނަންބަރު: 6740017، 6740018 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ