އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޒޯން B ފޮތްތައް ކާޑަށް ބަދަލުކުރުމާބެހޭ

މިއޮފީހުން 2012 ވަނަ އަހަރު އެއްގަމު ލައިސަންސް ކާޑު ޕްރިންޓް ކުރަން ފެށުމާ ގުޅިގެން މިސިޓީގައި ބީ ޒޯން ލައިސަންސްފޮތްތައް ދޫކުރުން ހުއްޓާލައި އެފޮތްތައް ގެންގުޅުއްވާ ފަރާތްތަކަށް ޤާނޫނާއި ގަވާއިދު އޮޅުން ފިލުވައިދިނުމުގެ ސެޝަންތަކެއް ބޭއްވުމަށްފަހު 03 އޮކްޓޫބަރު 2013 ވަނަ ދުވަހުން ފެށިގެން ވަނީ ބީ ޒޯން ލައިސަންސް ފޮތްތައް ބާޠިލު ކުރެވިފައެވެ.

ނަމަވެސް، ގިނަ ފަރާތްތަކަށް އެމުއްދަތުގެ ތެރޭގައި އެފަދަ ސެޝަންތަކެއް ބޭއްވިކަން އެނގިފައިނުވާތީއާއި ބައެއްފަރާތްތައް ރަށުން ބޭރުގައި އުޅެންޖެހުމުގެ ސަބަބުން އެފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް ޤާނޫނާއި ގަވާއިދު އޮޅުން ފިލުވައިދިނުމުގެ ސެޝަނެއް ހިންގާގޮތަށްވަނީ ހަމަޖެހިފައެވެ.

ވީމާ، އައްޑޫސިޓީގައި ބީ ޒޯން ލައިސަންސް ފޮތްތައް ގެންގުޅުއްވާ ފަރާތްތަކުން މިސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތެއްވާނަމަ 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  ގުޅޭނެ ފޯންނަންބަރު އެނގޭގޮތަށް އައިޑީކާޑުގެ ކޮޕީއާއެކު ސިޓީއަކުން މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

28 ޝައްވާލު 1435     

24 އޮގަސްޓް 2014
ހޯދާ