އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރަސްމީ ގަޑިއަށް ބަދަލު ގެނައުން

1 ސެޕްޓެންބަރު 2014 ވަނަ ދުވަހުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 ން މެންދުރުފަހުގެ 3:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން އޮންނަ ދުވަސްވަރު (އިންތިޚާބު އިޢުލާންކުރާ ދުވަހުން ފެށިގެން އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 30 (ތިރީސް) ދުވަސް ހަމަވާ ތާރީޚާ ހަމަޔަށް) އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މީގެތެރޭގައި ބައި-އިލެކްޝަން އޮންނަ ދުވަސްވަރެއް ނުހިމެނޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

30 ޝައްވާލު 1435    

26 އޮގަސްޓް 2014
ހޯދާ