ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެސެންޖަރ ގރ 1

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: މެސެންޖަރގރ 1 

އަދަދު: 1

އަސާސީ މުސާރަ: 3500.00ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހެޑްއޮފީސް / އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

 

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 2000.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

 

މަޤާމުގެ މަސްއޫލިއްޔަތު:

* އެކި ޑިޕާރޓްމަންޓުތަކުން ހަވާލު ކުރެވޭ އޮފީސް ތެރޭގެ އެކިއެކި ޑިޕާރޓްމަންޓުތަކަށް ހަވާލުކުރުން

* އޮފީހުން ހަވާލު ކުރެވޭ ލިޔެކިއުންތައް އެހެނިހެން ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ހަވާލުކުރުން

 

ތަޢުލީމީ ތަޖުރިބާ:

* ގްރޭޑް ދިހައެއް ނިންމާފައިވުން

* މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

* ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން

* ދިވެހި އަދި އިނގިރޭސި މި ދެބަހުން ރަނގަޅަށް މީހުންނާ މުޢާމަލާތް ކުރަން އެނގުން

 

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 4 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

 

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަަކަށް ބެލުމަށްފަހު ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ނުލިބިއްޖެނަމަ މަސައްކަތު ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

 

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344273، 3344333 ވެބްސައިޓް: www.stomaldives.com

25 އޮގަސްޓް 2014
ހޯދާ