އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

މި އަތޮޅުގެ ތޮއްޑޫ ޞިއްޙީ މަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކުރެވުނު މި ހޮސްޕިޓަލުގެ ނަންބަރު: IUL)AAAH/AAAH/2014/4)ފ(27 އެޕްރީލް 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ، އެ މަޤާމުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

ބޭނުންވާ އަދަދު

ކޮމިއުނިޓީ ހެލްތު އޮފިސަރ

1

  • މަޤާމުގެ ނަން: ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

މަޤާމު އޮތް ތަން

އއ. އަތޮޅު ހޮސްޕިޓަލް

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން:

އއ. ތޮއްޑޫ ޞިއްޙީ މަރުކަޒު / އއ. ތޮއްޑޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރއާއި ހޮސްޕިޓަލްގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވައި، އެ ޕްލޭނާ އެއްގޮތަށް ޞިއްޙީ މަރުކަޒުތަކާއި ހެލްތު ޕޯސްޓުތަކުގެ ހެލްތު ޕްރޮމޯޝަން ޕްރޮގުރާމުތައް ރާވައި، އެކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ކަމާބެހޭ ފިޔަވަޅު އެޅުން.

2- ރަށުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމުތައް ރޭވުމުގައި އެހީތެރިވެ، އެކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި، އިވެލިއޭޓްކޮށް، ފީޑްބެކްދިނުން. އަދި ޕްރޮގުރާމުތައް ހަރުދަނާކަންމަތީ ހިންގުމަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުން.

3- ކޮމިނިއުނިކަބްލް ޑިޒީޒާއި ނޮން ކޮމިއުނިކަބްލް ޑިޒީޒް ކޮންޓްރޯލް ޕްރޮގުރާމުތައް ރަށްރަށުގައި ގަވާއިދުން ހިންގުމާއި، ގަވާއިދުން ރިޕޯޓު ފޮނުވުން.

4- ޗައިލްޑް އެންޑް ނިއުޓްރިޝަން ޕްރޮގުރާމުގެ މަސައްކަތް ކުރުމާއި، ޑިޕާޓްމަންޓުން ފޮނުވާފައިވާ ވަޞީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި، ގަވާއިދުން ރިޕޯޓު ފޮނުވުން.

5- ސްކޫލް ހެލްތު ޕްރޮގުރާމު ރަށުގައި ގަވާއިދުން ހިންގައި ރިޕޯޓު ފޮނުވުން.

6- ޚިދުމަތް ދިނުމަށް ދަތިނުވާނެހޭން ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ތަކެއްޗާއި ކަންކަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ އިރުޝާދާ އެއްގޮތަށް ޢަމަލުކޮށް، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތުގައި އެހީތެރިވެ ރިކޯޑުތައް ބެލެހެއްޓުން.

7- ރެޕްރޮޑެކްޓިވް ހެލްތު ޕްރޮގުރާމުގެ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެފަދަ ގޮތަކަށް ރާވައި ހިންގުމާއެކު، ސްޓޮކް ބެލެހެއްޓުން.

8- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން ރަށުގައި ހިންގޭ އެންމެހައި ހަރަކާތްތަކުގެ ރިޕޯޓު ފޮނުއްވުން.

9- ރަށުތެރޭގެ ޞިއްހީ ޙާލަތު ދެނެގަތުމަށް ވިޒިޓްތައް ޕްލޭންކޮށް، ހޮސްޕިޓަލް ހުންނަ ރަށްރަށާއި އެހެނިހެން ރަށްރަށުގައި ރަށުތެރޭގެ ވިޒިޓް ޕްރޮގުރާމު އެކުލަވާލައި ކުރިއަށް ގެންދިއުން.

10- ރަށުގައި ރޯގާއެއް ފެށިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރަށުގައި ރޯގާއެއް ފެށިއްޖެނަމަ އެކަން ހިނގާ ނުހިނގާގޮތް ވިލަރެސްކުރުމާއި، އެ މަޢުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގައި، މަޝްވަރާ ހޯދައި، ފިޔަވަޅުއެޅުން.

11- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ވޯރްކްޝޮޕް، ސެމިނަރ ބައްދަލުވުންތައް އިންތިޒާމްކޮށް ރާވައި ހިންގުން.

12- ޢާންމުންނަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމު ރާވައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން.

13- ޞިއްޙީ މަޢުލޫމާތު އެކުލެވޭފަދަ ލީފްލެޓް، ލުއިފޮތް، ވީޑިއޯ ޓޭޕް ތައްޔާރުކޮށް/ހޯދައި ( ހެލްތު ޕްރޮމޯޝަން ސެކްޝަނުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު)  ކޮމިއުނިޓީއަށް ފޯރުކޮށްދިނުން.

14- ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ މެދުގައި ޞިއްޙީ މަޢުލޫމާތު އިތުރުކުރުމަށް އެކި ޕްރޮގުރާމުތައް ރާވައި ހިންގުން.

ޝަރުޠު:

1. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/100 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު މި ހޮސްޕިޓަލްގެ ކައުންޓަރުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ އަސްލު)
  3. ވަޒީފައަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސި.ވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ އަސްލު)
  5. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. މި ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.
  6. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ. މި ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.)
  7. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ސުންގަޑި:

- މި މަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެފަހުގެ ތާރީޚަކީ 10 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށް. އަދި  މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.

- ދެންނެވިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނޭ ވާހަކަ ވެސް ދަންނަން.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރަތިލާ މީހުންނާއި އިންޓަވިއު ކުރުން އޮންނާނީ މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ ސެޕްޓެންބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6660645 އެވެ.

 

21 އޮގަސްޓް 2014
ހޯދާ