އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކޭސް އެސިސްޓެންޓް (ކޭސް އެސިސްޓެންޓް ގްރޭޑް 1)

މަޤާމު

ކޭސް އެސިސްޓެންޓް (ކޭސް އެސިސްޓެންޓް ގްރޭޑް 1)

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: -/7,000 ރުފިޔާ
  2. ސަރވިސް އެލަވަންސް: -/4,500 ރުފިޔާ

ޝަރުޠު

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވަލް އިމްތިޙާނުގައި އިނގިރޭސި އާއެކު ދެމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު،  ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުން ދިވެހިން ސީ ފާހެއްލިބިފައިވުން. އަދި މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

ކޮމިޝަނުގެ އިދާރީ މަސައްކަތް ކުރުން

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކުރި ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  6. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

8 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ މި ކޮމިޝަނުގެ ކައުންޓަރަށެވެ.
  2. އެޕްލިކޭޝަން ފޯމު އޮންލައިންކޮށެއް ނުވަތަ އީ-މެއިލް މެދުވެރިކޮށެއް ހުށައެއް ނޭޅޭނެއެވެ.
  3. އިންޓަވިއު އަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. ވަޒީފާއަށް އެދޭ ފޯމް މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv ން ލިބިވަޑައިގަންނަވާނެއެވެ.
  5. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
  6. ފޯމު ބަލައިގަތުމަށް ފަހުގައިވެސް ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.
  7. ވަޒީފާއަށް މީހުން ހޮވުމުގައި، ވަޒީފާގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015213 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

28 އޮގަސްޓް 2014
ހޯދާ