ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވުން

ރަތަފަންދޫގައި ނަމާދުކުރާ 2 މިސްކިތުގައި ކުރަންހުރި ބައެއްމަސައްކަތް ކުރުމަށްޓަކައި އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/21 (12 ޖޫން 2014) އިޢުލާނަށް އިޖާބަދީ ހުށަހަޅާފައިވާ އަންދާސީހިސާބުތައް ކަމުނުގޮސްގެން ދެވަނަ ފަހަރަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/27 ( 1 އޮގަސްޓު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެމަސައްކަތްކުރުމަށްޓަކައި އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލއްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު

  1. ރަތަފަންދޫ ހުކުރުމިސްކިތް (މަސްޖިދުލް އިޢުތިޒާޒު) އާއި، ރަތަފަންދޫ ނޫރުމިސްކިތުގައި ކުލަޔާއި ދަވާދުލުން.

  2. ނޫރުމިސްކިތުގެ ފާޚާނާގެ ތަޅުންގަނޑު ނަގައި އަލުން ތަޅުން އެޅުން

  3. ނޫރުމިސްކިތާއި މަސްޖިދުލް އިޢުތިޒާޒުގެ ވަޅުކައިރީގައި މިހާރު އަޅާފައިވާ ތަޅުން ނަގައި އަލުން ތަޅުން އެޅުން

  4. މިސްކިތްތަކުގައި ބަދަލުކުރަންވެފައިހުރި ފަންކާތައް ބަދަލުކުރުން

  5. އިސްކުރުބަރީގައި ހުރި ހަލާކުވެފައިވާ އިސްކުރުތައް ބަދަލުކުރުން

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ